Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:21 - ކިތާބުލް މުޤައްދަސާ

21 ނަމަވެސް ތިޔަބޭފުޅާ އެހެން ޤައުމުތަކުގައި އުޅޭ ބަނީއިސްރާއީލު މީހުންނަށް މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ޤާނޫނުތަކާ ގަވާއިދުތައް ދޫކޮށްލުމަށް އަންގާ އަދި އެމީހުންގެ ދަރިން ޚިތާނު ނުކުރުމަށާ ބަނީއިސްރާއީލުގެ އާދަކާދަތަކާއި ދުރުވުމަށް ވެސް އަންގަމުން ދާ ވާހަކަ އެމީހުންނަށް ވަނީ އިވިފަ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:21
12 ပူးပေါင်းရင်းမြစ်များ  

ޕައުލް ތިމޮތީ އޭނާއާއި އެކު އޭނާގެ ދަތުރުގައި ބައިވެރިކުރުމަށް ބޭނުންވިއެވެ. ނަމަވެސް އެހިސާބުގެ އެންމެންނަށް ވެސް އެނގޭ ގޮތުގައި ތިމޮތީގެ ބައްޕައަކީ ގުރީކު މީހެކެވެ. އެހެންވެ އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ހިތްހަމަ ޖެއްސުމުގެ ގޮތުން ޕައުލް ތިމޮތީ ގާތު އެދުނި އޭނާއާއި އެކު އެދަތުރުގައި ދިއުމުގެ ކުރިން ތިމޮތީ ޚިތާނު ކުރުމަށެވެ.


ހަމަ ޔަޤީނުން ވެސް ތިޔަބޭފުޅާ މި ރަށަށް ވަޑައިގެންވި ކަން އެމީހުންނަށް އެނގޭނެ. އޭރުން ދެން އަޅުގަނޑުމެން ހަދާނީ ކިހިނެއް؟


ދެން އެމީހުން ބުންޏެވެ. ”⁠ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުން ދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.⁠“


ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ