މަންދޫބުންގެ މަސައްކަތް 21:20 - ކިތާބުލް މުޤައްދަސާ20 މި ވާހަކަތައް އަހާ އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔެވެ. ނަމަވެސް އެމީހުން މިފަދައިން ވެސް ޕައުލް އަށް ބުންޏެވެ. ”އޭ އަހަރެމެންގެ އަޚާ ޕައުލް، އީސާގެފާނަށް އީމާންވެގެންވާ އެތައް ހާސް ބަނީއިސްރާއީލު މީހުން ވެސް ވާތަން ނިކަން ދެކިބަލަ. އެ އެންމެން ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގަވާއިދުތަކަށް ވަރަށް ފަރުވާތެރިވެ ޙުރުމަތްތެރިކޮށް ހިތާ. အခန်းကိုကြည့်ပါ။ |
އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.
ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.“
ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.“
އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.
ޕައުލް ބުންޏެވެ. ”އަޅުގަނޑަކީ ސިލީސިޔާގެ ތަރުސުސްއަށް އުފަންވި ބަނީއިސްރާއީލު މީހަކީން. އަޅުގަނޑު އުޅެ ބޮޑު ވީ ޖެރޫސަލަމުގަ. އަޅުގަނޑު ކިޔެވީ ގަމަލީލުގެ އެދުރު ކަމުގެ ދަށުގަ. އެބޭފުޅާގެ އެދުރުކަމުގެ ދަށުގައި އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީ ގަވާއިދާއި ޤާނޫނުތައް ވަރަށް ފުރިހަމައަށް ދަސް ކުރީން. އަދި ހަމަ ތިޔަބައިމީހުން މިއަދު ތިޔަ ދައްކާ ރޫޙާއި ޖޯޝާއި އެކު އަޅުގަނޑު ވެސް ދީނުގެ ހުރިހާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރީން.
މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.
މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.
މިކަންތައް ހިނގައިދާނީ މާތްސާހިބާ އެކަލޭގެފާނަށް އީމާންވެގެންތިބި ހުރިހާ މީހުން ކަމަށްވާ އެކަލާނގެ މީހުންގެ ފަރާތުން އެކަލޭގެފާނަށް ޤަދަރާއި ޖަލާލަތާއި ޙަމްދު ސަނާ ލިބިގަތުމަށް ވަޑައިގަންނަވާ ދުވަހުއެވެ. އެބައިމީހުންގެ ތެރޭގައި ތިޔަބައި މީހުންވެސް ހިމެނިގެން ވާނެއެވެ. އެއީ އެކަލޭގެފާނާއި ބެހޭގޮތުން އަހަރެމެން ދިން ރިސާލަތު ތިޔަބައިމީހުން ގަބޫލުކުރި ކަމުންނެވެ.