Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:19 - ކިތާބުލް މުޤައްދަސާ

19 ޕައުލް އެމީހުންނާއި ބައްދަލުކޮށް، ސަލާންކޮށް ހަދާ، މާތްރަސްކަލާނގެ އޭނާ މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ ކުރެއްވި ހުރިހާ ކަންތައްތަކެއްގެ ވާހަކަތައް ފުރިހަމައަށް ކިޔާދީ، ތަފްސީލު ކޮށްދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:19
13 ပူးပေါင်းရင်းမြစ်များ  

މީސްތަކުން އެބައިމީހުންނާއި ސަލާމްކުރުމަށާއި ބާޒާރުމަތީގައި އެބައިމީހުންނަށް މިސްތަކުން ގަދަރުކުރުމަށް އެބައިމީހުން ލޯބިކުރާނެ. އަދިހަމައެހެންމެ، މީސްތަކުން އެބައިމީހުންނަށް ’⁠އެދުރުކަލޭގެ⁠‘ ނަމުން މުޚާތަބު ކުރުމަކީ ވެސް އެބައިމީހުން ނުހަނު ލޯބިކުރާ ކަމެއް.


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.


ދެން މި ކަންތައްތަކާ ކުރެވެމުން ދިޔަ ބަހުސް ހުއްޓި އެންމެން ހަމަހިމޭންވެ ޕައުލް އާއި ބަރުނައްބާސް މެދުވެރިކޮށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި ދެއްކެވި މުޢުޖިޒާތްތަކާ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ވާހަކަތައް އަޑު އެހިއެވެ.


އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ.


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


އަހަރެންގެ ކިބައިގައިވާ އީސާގެފާނުގެ މި މަތިވެރި ބާރުފުޅާއެކު އަހަރެން މިހާ މިންނެތް މަސައްކަތް މިކުރަނީ އެހެންވީމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ