މަންދޫބުންގެ މަސައްކަތް 21:16 - ކިތާބުލް މުޤައްދަސާ16 ކައިސަރިޔާގެ އީސާގެފާނަށް އީމާންވެގެން ތިބި ބައެއް މީހުން ވެސް އަހަރެމެންނާއި އެކު ޖެރޫސަލަމަށް ދިޔައެވެ. އެމީހުން އަހަރެމެން ގެންދިޔައީ މުނާސަންގެ ގެއަށެވެ. މި މުނާސަން އަކީ ސައިޕުރަސްގެ މީހެކެވެ. މީނާ ވެސް މިއީ އެންމެ ކުރިން ފެށިގެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންގެ މީހެކެވެ. အခန်းကိုကြည့်ပါ။ |
އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.
އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް ހެޔޮޚަބަރުފުޅު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި.
އަނެއްދުވަހު އަހަރެމެން ކައިސަރިޔާއަށް ދިޔައީމެވެ. އެ ރަށަށް ގޮސް އަހަރެމެން ދިޔައީ ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅު ކުރާ މީހެއް ކަމުގައިވާ ފިލިޕުގެ ގެއަށެވެ. މީނާއަކީ އެތައް އަހަރެއް ކުރިން މީސްތަކުންނަށް ކާތަކެތި ބެހުމަށް އީސާގެފާނުގެ މަންދޫބުންނަށް އެހީވެދިނުމަށް ހޮވުނު ހަތްމީހުންގެ ތެރެއިން އެކަކެވެ.
އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.