Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:14 - ކިތާބުލް މުޤައްދަސާ

14 އަހަރެމެންނަށް ޕައުލް ޖެރޫސަލަމަށް ނުދާނެ ގޮތެއް އެތައް ވަރަކަށް ވާހަކަދައްކާ ވެސް ނުހެދުނެވެ. އެހެން ކަމުން އަހަރެމެން އޭނާއަށް އިތުރަށް އާދޭސް ކުރުން ހުއްޓަލާ ބުނީމެވެ. ”⁠މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންތައް ވުމަށް އެދި އަހަރެމެން ދުޢާ ކުރަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:14
10 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“


އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“


އީސާގެފާނު ދެވަނަ ފަހަރު ވެސް ވަޑައިގެން ދުޢާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އިތުރު އެހެން ގޮތެއް މިކަމުގައި ނުވާނަމަ، އަޅުގަނޑު ވޭނުގައިވާން ޖެހޭނަމަ، އަޅުގަނޑު ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނަން.⁠“


އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވައިފާނދޭވެ! ސުވަރުގޭގެ އަހުލުވެރިން އިނބަރަސްކަލާނގެ ކިބަފުޅަށް ކިޔަމަންތެރިވާ ފަދައިން މި ދުނިޔޭގެ މީސްތަކުން ވެސް ކިޔަމަންތެރިވާނެ ފަދައިން ހިންމަވާފާނދޭވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދުޢާކުރާއިރު މިފަދައިން ދުޢާކުރޭ. ’⁠ބައްޕާފުޅާ! އެންމެހައި މީސްތަކުން އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ހިތާ ޤަދަރު ކުރާނޭ ފަދައިން ހިންމަވާފާނދޭ. އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވާފާނދޭ!


”⁠ބައްޕާ! ބައްޕަ އިރާދަކުރައްވާ ކަމަކަށްވަނީ ނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން އަތުލާ. ނަމަވެސް އަޅުގަނޑު އެދެނީ ބައްޕަ ބޭނުން ގޮތް. އަޅުގަނޑު ބޭނުންގޮތެއް ނޫން.⁠“


ރާޢޫތުގެ މިބަސްތަކުން ނުޢުމީއަށް ޔަޤީންވީ ގޮތުގައި އޭނާ ނުޢުމީ ދޫކޮށް ނުދިއުމަށް އަޒުމް ކަނޑައަޅައިފިއެވެ. ވީމާ އެއަށް ފަހު ނުޢުމީ ވެސް އޭނާ އަނބުރާ ފޮނުވާލުމަކަށް ބާރެއް ނޭޅިއެވެ.


ދެން ޞަމޫއީލް އެއްވެސް ކަމެއް ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޢާލީ ބުންޏެވެ. ”⁠އެއީ މާތްރަސްކަލާނގެ! އެކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާ ގޮތަކަށް އެ ކަމެއް ހިންމަވާފާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ