Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:7 - ކިތާބުލް މުޤައްދަސާ

7 އަހަރެމެން މާތްސާހިބާ އީސާގެފާނުގެ މަތިން ހަނދުމަކުރުމަށްޓަކާ ކާކެއުން ކެއުމަށް އާދީއްތަ ވިލޭރޭ ބައްދަލުވީމެވެ. އެ ބައްދަލުވުމުގައި ޕައުލް އެންމެންނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އަދި އޭނާ އަނެއްދުވަހު ފުރާތީ އާއިއެކު މެންދަން ވަންދެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:7
22 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ އެކަލޭގެފާނު ފެނުނީ މަރިޔަމް މަގްދަލޭނާ އަށެވެ. އީސާގެފާނު ވަނީ، މި މަރިޔަމް މަގްދަލޭނާ ހަތް ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވާފައެވެ.


ދެން އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި އެބޯރޮށި ބައި ކޮށްލައްވައި އެމީހުންގެ މެދުގައި ބަހާ ލައްވަމުން ވިދާޅުވިއެވެ. ”⁠ތި ރޮށިކޮޅު ކާލާ. ތިޔައީ ކަލޭމެންނަށްޓަކައި ދެވިފައިވާ އަހަރެންގެ ހަށިގަނޑު. އަހަރެންގެ ހަނދާނުގައި މިގޮތުގެ މަތިން ކަން ކުރޭ.⁠“


ދެން މި ދެމީހުން ވެސް އެމީހުން ދިޔަ މަގުމަތީ ކަންތައްތައް ވީ ގޮތް މި އަސްޙާބީންނަށް ކިޔައިދިނެވެ. އަދި އެ ދެމީހުންނަށް އެއީ އީސާގެފާނު ކަން އެނގުނީ އެކަލޭގެފާނު ބޯރޮއްޓެއް ނަންގަވާ އެމީހުންނަށް އެބައްސަވަން ފެށި ވަގުތު ކަމަށް ވެސް ބުންޏެވެ.


އާދީއްތަ ދުވަހު ފަތިހުގެ އަލި ފާއްދާލުމާއެކު މަރިޔަމް މަގްދަލޭނާ އެ ހޮހަޅައިގެ ދޮށަށް ދިޔައެވެ. އޭރު އެ ހޮހަޅައިގެ އަނގަމަތީ ބާއްވާފައި އޮތް ހިލަ ދުރަށް ލެވިފައިވާތަން އޭނާއަށް ފެނުނެވެ.


އެއީ އެ އާދީއްތަ ދުވަހުގެ ހަވީރު އީސާގެފާނުގެ އަސްޙާބީން އެއްތަންވެ ދޮރުލައްޕައިގެން ތިއްބެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. ދެން އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


ހަފުތާއެއްގެ ފަހުން އަނެއްކާވެސް އަސްޙާބީންތައް އެތެރޭގައި އެއްތަންވެ ތިއްބެވެ. އޭރު ތޯމާސް ވެސް އެމީހުންނާ އެކުގައި ހުއްޓެވެ. ދޮރުތައް ހުރީ ތަޅުލާފައެވެ. އެކަމަކު އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެންފައި ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


ހަމަ ޕައުލްއަށް މި ފަދައިން ފެނުމާއިއެކު އަހަރެމެން މެސެޑޯނިޔާގެ ސަރަހައްދަށް ދިއުމަށް ތައްޔާރު ވީމެވެ. އެއީ އަހަރެމެން ގަސްތު ކުރި ގޮތުގައި މާތްރަސްކަލާނގެ އެދިވޮޑިގެން ވަނީ ހެޔޮޚަބަރުފުޅު ދިނުމަށް އަހަރެމެން އެ ރަށަށް ދިއުމަށެވެ.


އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.


ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.


ދެން އެ އެންމެން އަނެއްކާވެސް ގޭގެ މަތީބުރިއަށް ދިޔައެވެ. އަދި އެތާނގައި އެންމެން އެކުގައި އީސާގެފާނުގެ މަތިން ހަނދުމަކުރުމަށް ކާ ކެއުން ކެއެވެ. ދެން އެއަށް ފަހު އަނެއްކާ ވެސް ޕައުލް އެމީހުންނާއި ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔައެވެ. މިގޮތުން ފަތިސް ވަންދެން ވާހަކަދެއްކުމަށް ފަހު ދެން ޕައުލް އެނބުރި ދިޔައެވެ.


އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ.


އެމީހުން އަހަރެމެންގެ ކުރިން ގޮސް ތުރުއަސްގައި އަހަރެމެންނަށް އިންތިޒާރު ކޮށް މަޑު ކުރިއެވެ.


އެއުތީކުސް އޭ ކިޔުނު ޒުވާން ފިރިހެނަކު ކުޑަދޮރެއްގެ ކައިރީގައި އިނެވެ. މީނާ ޕައުލްގެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ. ގިނަ އިރުވަމުން ދިޔަ ވަރަކަށް އޭނާ ކައިރިއަށް ނިދިއައެވެ. އަދި އެންމެފަހުން ނިދިއައިލެއް ގަދަކަމުން އޭނާއަށް ފުންކޮށް ނިދުނެވެ. އަދި އޭނާ އިނީ ކުޑަދޮރުގެ ކާރީގައި ކަމުން ނިދިގެން އޭނާ ތިން ބުރި މަތިން ތިރިއަށް ވެއްޓުނެވެ. މީހުންތައް ދުވަމުން ތިރިއަށް ގޮސް އޭނާ ނެގިއިރު އޭނާ ވަނީ މަރުވެފައެވެ.


ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ