ދެން ދާއޫދުގެފާނު ކީރިތި ކުރައްވަމުން ޒައިތޫނި ފަރުބަދަ މައްޗަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އިސްތަށިފުޅު ނިވާ ކުރައްވައިގެން ހުސްފައިގައެވެ. ދާއޫދުގެފާނާއެކު ދިޔަ އެންމެން ވެސް ތިބީ އެގޮތަށްބޯ ނިވާ ކޮށްގެންނެވެ. އެއެންމެން ވެސް ދާއޫދުގެފާނު ފަހަތްޕުޅުން ރޮމުން ދިޔައެވެ.