Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:34 - ކިތާބުލް މުޤައްދަސާ

34 ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން، އަހަރެންގެ ބޭނުންތަކަށާ އަދި އަހަރެންނާއި އެކުވީ މީހުންގެ ބޭނުންތަކަށް ފައިސާ ހޯދުމަށް، އަހަރެންގެ މިދެއަތުން އަބަދުވެސް އަހަރެން މަސައްކަތް ކުރީން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:34
9 ပူးပေါင်းရင်းမြစ်များ  

ޕައުލް އެމީހުންނާއި އެކު އެގޭގައި ދިރި އުޅުނެވެ. އަދި އެމީހުންނާއި އެކު އާމްދަނީއެއް ހޯދުމަށްޓަކައި މަސައްކަތް ވެސް ކުރިއެވެ. އެއީ އަކީލާއާއި ޕްރިސިލާ އަކީ ވެސް ހަމަ ޕައުލް ފަދައިން ފޭލިގެ ހެދުމުގެ މަސައްކަތް ކުރާ ބަޔެކެވެ.


ޕައުލް ތިމޮތީ އާއި އެރަސްތުސް އޭނާގެ ކުރިން މެސެޑޯނިޔާއަށް ފޮނުވިއެވެ. އަދި ޕައުލް އޭޝިޔާގައި އިތުރަށް ކުޑަ ދުވަސްކޮޅަކު މަޑު ކުރިއެވެ.


މުޅި ރަށުގައި ހަމަނުޖެހުންފެތުރި ވާނުވާ ނޭނގެން ފެށިއެވެ. ދެން ބަޔަކު ގާޔުސް އާއި އަރިސްތާރުކު އާއި ހިފާ ހައްޔަރުކޮށް އެ ރަށުގެ އެންމެ ބޮޑު ސުޓޭޖު އެޅިފައިވާ ދަނޑަށް ގެންދިޔައެވެ. ގާޔުސް އާއި އަރިސްތާރުކު އަކީ މެސެޑޯނިޔާގެ ދެ މީހުންނެވެ. މި ދެމީހުން އެ ރަށަށް އައީ ޕައުލް އާއި އެކުގައެވެ.


އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’⁠ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.⁠‘⁠“


އަޚުންނާއި އުޚުތުންނޭވެ. އަހަރެމެން ކުރި މަސައްކަތާއި އަދި އުފުލި އުނދަގޫ ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މާތްރަސްކަލާނގެ ބާވައިލެއްވި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ވަޢުޡު އިއްވުމުގައި އަހަރެމެން ރެޔާދުވާލު ނުހަނު ބުރަކޮށް މަސައްކަތް ކުރީ ތިޔަބައިމީހުންނަށް ކުޑަވެސް ބުރައެއް ނުޖެއްސުމަށްޓަކައެވެ.


މިތާނގައި ތިބި އެންމެންގެ ތަހުނިޔާ ތިޔަބައިމީހުންނަށް ފޮނުވަމެވެ. އަހަރެންގެ ތަހުނިޔާ އީމާންކަމުގެ ތެރޭގައި ތިބި އަހަރެމެންދެކެ ލޯބިވާ ފަރާތްތަކަށް ރައްދުކޮށް ދޭށެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަ އެންމެނާއެކުގައި ވާށިއެވެ. އާމީން!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ