Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:3 - ކިތާބުލް މުޤައްދަސާ

3 އެ ރަށުގައި ޕައުލް ތިން މަސްދުވަހު މަޑު ކުރިއެވެ. އަދި އެއަށް ފަހު އޭނާ އޮޑިއެއްގައި ސޫރިޔާއަށް ފުރަން ނިންމިއެވެ. ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން ޕައުލް އާއި ދެކޮޅަށް ރޭވުމެއްރޭވިއެވެ. އެހެން ކަމުން ޕައުލް ގަސްތު ކުރީ އެއްގަމު މަގުން މެސެޑޯނިޔާއިން ލާފައި ދަތުރުކޮށް ދިއުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:3
19 ပူးပေါင်းရင်းမြစ်များ  

އެމީހުން ބުނެފާނެއެވެ. ”⁠އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ!


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އެ ރަށުން އެއްގަމު މަގުގައި ދަތުރުކޮށް އަހަރެމެން ދިޔައީ ފިލިއްޕީއަށެވެ. އެއީ މެސެޑޯނިޔާގެ ފުރަތަމަ ރަށެވެ. މި ރަށް ވަނީ ރޯމުގެ ސަރުކާރުގެ ދަށުގައެވެ. އަހަރެމެން ދުވަސްކޮޅަކު އެ ރަށުގައި މަޑު ކުރީމެވެ.


އެ ރަށަށް އާދެވުނު ރޭ ޕައުލްއަށް ހުވަފެނެއް ފަދަ ގޮތެއްގައި ފެނުނީ މެސެޑޯނިޔާގެ މީހަކު އައިސް އާދޭހާއިއެކު މިފަދައިން އެދި ބުނިތަނެވެ. ”⁠މެސެޑޯނިޔާއަށް އައިސް އަހަރެމެންނަށް އެހީވޭ.⁠“


އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.


ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“


މި މައްސަލަގަނޑު ހަމަޖެހުމުން ޕައުލް އީމާންވެގެން ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ފަހު އެމީހުންނަށް އަލްވަދާޢު ކިޔާ އެ ރަށުން ފުރައިގެން މެސެޑޯނިޔާއަށް ދިޔައެވެ.


ބަނީއިސްރާއީލު މީހުން އަހަރެންނާއި ދެކޮޅަށް ރާވަމުން ދިޔަ އެތައް ރޭވުންތަކެއްގެ ސަބަބުން އަހަރެންނަށް އެތައް ވޭނަކާއި އުނދަގުލެއް ލިބެމުން ދިޔަ ނަމަވެސް އެހުރިހާ ކަމަކަށް ކެތްކޮށް އަދި ހިތްމޮޅުވުމެއްނެތި އެތައް ކަރުނައަކާއި އެކު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި މަގުން ކަން ކުރިން.


އޭނާ އެ ރަށަށް ދަތުރުކޮށް ދިޔަ މަގު މަތީގައި ވީ ރަށްރަށުގައި ވީ އީމާންވެގެންވީ މީހުންނާ ވެސް ޕައުލް ހިތްވަރު ދިނުމުގެ ބަސްތަކުން ވާހަކަދައްކަމުން ދިޔައެވެ. ދެން އެންމެފަހުން އޭނާ ދިޔައީ ގުރީސްއަށެވެ.


އަހަރެމެން ސައިޕުރަސްއާއި ވަރަށް ކައިރިން އެރަށް ފެންނަ ހިސާބުން ދަތުރުކޮށް ދިޔައީމެވެ. އެދިމާލުން އަހަރެމެން ދެކުނަށް މިޞްރާބު ޖަހާ ދަތުރުކޮށް ދިޔައީ ސޫރިޔާއަށެވެ. ދެން އެއޮޑި ގޮސް ލެފީ ސޫރިޔާގެ ރަށެއް ކަމުގައިވާ ޞޫރު އަށެވެ. އެއީ މި އޮޑިއަކީ އެ ރަށަށް މުދާ ހިފައިގެން ދިޔަ އޮޑިކެވެ.


ދެން އެއަށް ފަހު އަހަރެން ދިޔައީ ސޫރިޔާއާއި ސިލީސިޔާގެ ސަރަހައްދަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ