Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:26 - ކިތާބުލް މުޤައްދަސާ

26 އެހެންވީމާ އަހަރެން މިއަދު މިބުނާ ބަހުގެ އަޑުއަހާ. މިއަދުން ފެށިގެން ކަލޭމެންގެ ތެރެއިން މީހަކު މާތްރަސްކަލާނގެ މަގުން އެއްކިބާވެ ހިނގައްޖެ ނަމަވެސް އެއީ އަހަރެންގެ ބޮލުގައި އެޅޭނެ ޒިންމާއެއް ނޫން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:26
14 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ނައިރުގެ ދަރި އަބްނައިރުގެ ލޭ އޮހުރުމުގައި އަހަރެންނާއި އަހަރެންގެ ރަސްކަމުގެ އަތެއް ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގަންނަވާނެ.


އެބައިގަނޑުގެ ތެރޭގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނު ލާޒަރު އަލުން ދިރުއްވިތަން ދުށް މީހުން އެތާނގައި ތިބި އެންމެން ގާތު އެވާހަކަތައް ކިޔާދެމުން ދިޔައެވެ.


މި ބަޔާން މިދެނީ އެތަން ލޮލުންދެކެ އަތުންހިފި މީހަކީމެވެ. މިއީ ތެދުބަޔާނެކެވެ. މިބަޔާން މިދެނީ އެކަމުގެ ސަބަބުން ކަލޭމެންނަށް ވެސް މި ކަންތައްތައް އެނގި އެކަން ގަބޫލު ކުރުމަށް އެހީވުމަށްޓަކައެވެ.


ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”⁠ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުން ނުލިބުނީ ނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.⁠“


މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކަށް ހަމަނުޖެހިގެން އަވަސްވެގަނެގެން ނޫޅޭށެވެ. އަދި އެހެން މީހުންގެ ފާފައިގެ ތެރެއަށް ތިބާ ނުވެއްޓި ސާފު ތާހިރުގޮތުގައި ހުންނާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ