Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:24 - ކިތާބުލް މުޤައްދަސާ

24 އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:24
59 ပူးပေါင်းရင်းမြစ်များ  

އެގޭގައި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ފަސް ފިރިހެނުން ތިބޭނެއޭ. އަޅުގަނޑު އުޅުނު ގޮތަށް ނޫޅޭން ލާޒަރު އެމީހުންނަށް އިންޒާރު ކޮށްފިނަމަ އެމީހުންނަށް މި ވޭނާއި އަނިޔާ ލިބޭ ތަނަށް އަންނާކަށް ނުޖެހޭނެއޭ.⁠‘


އަދި ކަލޭމެން ވެސް އަހަރެންނާ ބެހޭގޮތުން ކަންތައް ހިނގިގޮތާމެދު ހެކިދޭން ޖެހޭނެ. އެއީ ފެށުނީއްސުރެވެސް އަހަރެން ކުރިކަންތައް ކަލޭމެންނަށް ފެނިފައިވާނެތީ.⁠“


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި ކަންތައް އަޅުގަނޑު މިވަނީ ނިންމާފައި. އެހެންކަމުން ބައްޕާފުޅުގެ ޖަލާލުވަންތަކަން މި ދުނިޔޭގައި ފާޅުވެގެންދިޔަ.


ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ.


ޔަޙުޔާގެފާނު މިގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ނިމުމާއި ކައިރިވެފައި ވަނިކޮށް އެކަލޭގެފާނު މީސްތަކުންނާއި މި ސުވާލު ކުރެއްވި. ’⁠ކަލޭމެން ހީކުރާ ގޮތުގައި ތިމަންކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ކަނޑައަޅުއްވާ ފޮނުއްވުމަށް ހަމަޖެހިފައިވީ ފަރާތް ކަމުގައި ވާ އަލްމަސީޙު ހޭ؟ ނޫނެކޭ. ތިމަންކަލޭގެފާނަކީ އަލްމަސީޙުއެއްނޫނޭ. އެކަލޭގެފާނު އެބަ ވަޑައިގަންނަވާއޭ. ތިމަންކަލޭގެފާނީ އެކަލޭގެފާނުގެ ފައިންޕުޅުގެ ދަށުގައިވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫނޭ.⁠‘


ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ދެއްވާ ނިޢުމަތްފުޅުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.


އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް ހެޔޮޚަބަރުފުޅު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި.


ދެން ސިލާހު އާއި ތިމޮތީ މެސެޑޯނިޔާއިން އެރަށަށް އައެވެ. ޕައުލް ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދިޔައީ ބަނީއިސްރާއީލު މީހުންނަށް އީސާގެފާނަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙު ކަން އަންގައިދީ ހާމަކޮށް ދިނުމުގައެވެ.


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


އަހަންނަށް އެނގޭހާ ވެސް ކަމަކީ އަހަރެން ދާކޮންމެ ރަށެއްގައި ވެސް އުނދަގޫތަކާއި ދިމާވެ އަދި ޖަލަށް ވެސް ލެވޭނެކަން މާތްރޫޙުފުޅު އަހަރެންނަށް އަބަދުވެސް އަންގަވާ.


މިއަދު އަހަރެން ކަލޭމެން މާތްރަސްކަލާނގެ ބެލެއްވުމުގެ ދަށަށާއި އެކަލާނގެ ނިޢުމަތްފުޅުގެ އުފާވެރި ޚަބަރުފުޅުގެ މައްޗަށް ދޫކޮށް އެކަލާނގެ ކިބަފުޅާއި ހަވާލު ކުރަން. އެ ޚަބަރުފުޅުގެ ސަބަބުން އެކަލާނގެ ޚާއްސަކުރައްވާ ހޮއްވަވާފައިވާ މީހުންނަށް ލިބޭނެ ހުރިހާ ރަޙުމަތެއް ކަލޭމެންނަށް ލިބޭނެ.


ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠ކަލޭމެން ތިޔަ ހެން ރޮއެ އަހަރެންގެ ހިތްހަލާކު ތިޔަ ކުރަނީ ކީއްވެ؟ މާތް ސާހިބު އީސާގެފާނަށްޓަކައި އަހަރެން ޖެރޫސަލަމުގެ ޖަލަށް ދިއުމަށް، އަދި ކީއް ކުރަން، އެކަލޭގެފާނަށްޓަކައި ފުރާނަ ދިނުމަށް ވެސް އަހަރެން މިހިރީ ތައްޔާރަށް.⁠“


ނަމަވެސް މާތް ސާހިބާ ވިދާޅުވިއޭ. ’⁠ޖެރޫސަލަމުން ދާށޭ. އަހަރެން ކަލޭ މި ފޮނުވަނީ މި ރަށުން ވަރަށް ދުރަށް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށޭ.⁠‘⁠“


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


މިއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕައުލްގެ ފަރާތުން ފޮނުވޭ ސިޓީއެކެވެ. އަހަރެން މި ކަމަށް ހޮވާފައި ވަނީ އިންސާނަކު ނޫނެވެ. އަހަރެން ހޮއްވަވާ ކަނޑައެޅުއްވީ ޚުދު އީސާ އަލްމަސީޙު އާއި އެކަލޭގެފާނު އަވަހާރަވުމަށް ފަހު، އަލުން ދިރުއްވި ބައްޕާފުޅު، މަތިވެރި މާތްރަސްކަލާނގެއެވެ.


އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.


ތިޔަބައިމީހުން ހިތްވަރު ދެރަނުކުރުމަށް އާދޭސްކޮށްފައި އަހަރެން އެދޭ ސަބަބަކީ އަހަރެން ވޭން ތަޙައްމަލު ކުރަމުން މިގެންދަނީ ތިޔަބައިމީހުންގެ މަންފާއަށް ކަމުގައިވާތީއެވެ.


ތިޔަބައިމީހުން މާތްކަލާނގެއާ މެދު އޮންނަ އީމާންކަމަކީ ތިޔަބައިމީހުން އެކަލާނގެއަށް ހުށަހަޅާ ޤުރުބާނީއާއި ޚިދުމަތް ފަދަ ކަމެކެވެ. އަހަރެންގެ ލޭ ވެސް އެޤުރުބާނީ އާއެކު ހުށަހަޅަން ޖެހިދާނެއެވެ. މިކަން މިމަގުން ހުރިނަމަވެސް އަހަރެންގެ ޙަޔާތުގެ އުފާތައް ތިޔަބައިމީހުންނާއިއެކުގައި ޙިއްސާ ކުރުމީ އަހަރެންނަށް ލިބޭ އުފަލެއްމެއެވެ.


ސަބަބަކީ އޭނާ މަރުވުމެކޭ އެއްފަދައިން ބަލިވެ ދިޔައީ އަލްމަސީޙަށްޓަކައި ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައެވެ. ފުރާނަ އަތްމައްޗަށް ލައިގެންވީ ޙާލުގައި އޭނާގެ ޚިދުމަތް އަހަންނަށްޓަކައި ދިނީ ތިޔަބައިމީހުންގެ ފަރާތުން އަހަންނަށް ޚިދުމަތް ކުރުމުގައެވެ.


މިއަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން މިވޭންތައް އުފުލަމުން ދާއިރު އަހަރެން މިވަނީ އުފަލުގައެވެ. އެއީ އަހަރެން ޖިސްމާނީ ގޮތުން އުފުލަމުން މިދަނީ އީސާ އަލްމަސީޙު އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެކަލޭގެފާނުގެ ޖަމާޢަތާމެދު އުފުލަމުން ގެންދަވާ ވޭނުގައި އަހަރެން ބައިވެރިވާތީއެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


ވީއިރު، ތިޔަބައިމީހުންނާއި ކުރިމަތިވާ އަނިޔާވެރިކަމަކުން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިގައިވާ އީމާންތެރިކަމަށް ފުރަގަސް ނުދޭށެވެ. ތިޔަބައިމީހުންނާއި މެދުގައި ކުރިމަތިވާ އަނިޔާވެރިކަމަކީ އަހަރެމެން މަސީހީންގެ ތަޤުދީރުގައި މާތްރަސްކަލާނގެ ނިންމަވާފައިވާ ގޮތްކަން ތިޔަބައިމީހުން ދަންނާނެއެވެ.


އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.


ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ.


ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.


އެގޮތުން، އެކަމަށް އެކަށީގެންވީ ވަގުތު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތުން މި އުފާވެރި ޚަބަރު ދެއްވައި އެންމެހައި މީސްތަކުންނަށް އަންގައި ދިނުމަށް އެކަލާނގެ އެދިވޮޑިގެން އަހަރެންނާއި ޙަވާލު ކުރެއްވިއެވެ.


ދިންނެވުން ދެއްވާ މާތްކަލާނގެ ނިޢުމަތްފުޅު އެއެންމެންނަށް ފާޅުވެއްޖެއެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


އަހަރެންގެ މި ކުރު ސިޓީ ތިޔަބައިމީހުންނަށް ލިޔެފައި މިވަނީ އަހަރެންގެ ވަފާތެރި އަޚު ސިލާހުގެ އެހީތެރި ކަމާއެކުގައެވެ. އަދި އަހަރެން މިސިޓީ ތިޔަބައިމީހުންނަށް ލިޔުމުގެ އެންމެ ބޮޑު މަގުސަދަކީ މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާއި އެކުގައި ވާކަން ތިޔަބައިމީހުންނަށް ޔަޤީންކޮށްދީ ހިތްވަރު ދިނުމެވެ. މިގޮތުގެ މަތީގައި ތިޔަބައިމީހުން ފައިތިލަ ސާބިތުކޮށް ތިބޭށެވެ.


އީސާގެފާނު އަހަރެމެންނަށްޓަކައި އެކަލޭގެފާނުގެ ޙަޔާތްޕުޅު ދެއްވުމުގެ ސަބަބުން އަހަރެމެންނަށް ލޯތްބަކީ ކޮބައިކަން އެނގިއްޖެއެވެ. އެހެންވީމާ، އަހަރެމެންގެ މުޅި ޙަޔާތް ވެސް އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ދޭންޖެހެއެވެ.


އެބައިމީހުންވަނީ ޅަކަންބަޅި ޤުރުބާން ކުރެވިދިޔަ ލެއިން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފަ. އަދި އެބައިމީހުން ގަތުލު ކުރުމަށް ދާންދެން އީސާގެފާނާއި ބެހޭ ހެޔޮ ޚަބަރުފުޅާއި މެދު ހެކިދެމުން ދިޔައީތީ ވެސް މެ. އެހެނީ ދުނިޔަވީ ޙަޔާތަށް އެބައިމީހުން ލޯތްބެއް ނުކުރީމު.


އެއިން ކޮންމެ މީހަކަށްމެ ހުދުކުލައިގެ ރިދާއެއް ލިބިގެންވިއެވެ. އަދި އެމީހުންނަށް ކުޑަ ހިނދުކޮޅެއްގައި އަރާމު ކުރުމަށް ވަނީ އަންގަވާފައެވެ. އަލްމަސީޙުގެ ޚިދުމަތުގައިވާ އެންމެހާ އަޚުންނާއި އުޚުތުން ގަތުލުކުރެވިދިޔަ ފަދައިން އެގޮތަށް އަދިވެސް ގަތުލުކުރެވޭނޭ މީހުން ގަތުލުވެ ނިމުމަށް ދާންދެން އެބައިމީހުންނަށް އިންތިޒާރު ކުރާން ޖެހޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ