Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:22 - ކިތާބުލް މުޤައްދަސާ

22 އަދި މިހާރު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެންގެވުމަށް ކިޔަމަންވުމުގެ ގޮތުން އަހަރެން މި ދަނީ ޖެރޫސަލަމަށް. ނަމަވެސް އެ ރަށުގައި އަހަރެންނާއި ދޭތެރޭ ކަންތައް ވާނީ ކިހިނަކުން ކަމެއް އެއްގޮތަކަށް ވެސް އަހަރެންނަކަށް ނޭނގެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:22
12 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އޭގެކުރިން އަހަރެން ވަރަށް ބޮޑު އުނދަގުލަކާއި ކުރިމަތިލާން އެބަޖެހޭ. އެކަންތައްތައް ހިނގާ ނިމެންދެން އަހަރެންގެ ހިތް މި ވަނީ ވޭނުން ފުރިފަ.


އީސާގެފާނު މި ދުނިޔެ ދޫކޮށް ވަޑައިގަތުމުގެ ދުވަސް ކައިރިވުމުން އެކަލޭގެފާނު ހިތްވަރުފުޅު ގަދަ ކުރައްވާ ގަސްތުކުރެއްވީ ޖެރޫސަލަމަށް ވަޑައިގަތުމަށެވެ.


ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.


ވާން މިއުޅެނީ ކީއްކަން ރަނގަޅަށް އީސާގެފާނަށް އެނގިވަޑައިގެންވިއެވެ. ނަމަވެސް އެކަލޭގެފާނު ކުރިއަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކާކު؟⁠“


ޕައުލް އަތެންސްގައި ސިލާހު އާއި ތިމޮތީ އަންނަންދެން މަޑު ކުރި މަޑު ކުރުމުގައި އެ ރަށް ފުރެންދެން ވާ ބުދުގެ ކަލާނގެ ތަން ފެނުމުން ހިތްނުތަނަވަސްވެ ކަންބޮޑުވިއެވެ.


ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“


ޕައުލް ގަސްތު ކުރީ މި ފަހަރު އެފޭސުސްއަށް ނުދިއުމަށެވެ. އެއީ އިތުރަށް އޭޝިޔާގައި ދުވަސް ހޭދަ ނުކުރަން ވެގެންނެވެ. ޕައުލް ޖެރޫސަލަމަށް އެނބުރި އައުމަށް ވަނީ ނުތަނަވަސް ވެފައެވެ. އެއީ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރަންވާ އިރަށް ޖެރޫސަލަމަށް އާދެވޭތޯއެވެ.


ނަމަވެސް މާދަމާ ކަލޭމެންނާ މެދުގައި ކަންތައްތައް ހިނގާނޭ ގޮތެއް ކަލޭމެންނަށް އެނގިގެން ނުވޭމެއެވެ. ކަލޭމެންގެ ޙަޔާތަކީ ފަތިހުގައި ފައިބާ ފިނިފަދައިން ހިނގައިދާ ކަމެކެވެ. އެހެނީ ކުޑަ ހިނދުކޮޅެއްގައި ފެނިދެއެވެ. ނަމަވެސް އެއަށް ފަހު ނެތިދޭމެއެވެ.


ނަމަވެސް އަހަރެންގެ ޙަޔާތުގައި މާގިނަ މުއްދަތެއް ނުވާކަމުގައި މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނަށް ދައްކުވައި ދެއްވައިފިއެވެ. އަހަރެންގެ ނިމުން މިވަނީ ވަރަށް ކައިރީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ