Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:20 - ކިތާބުލް މުޤައްދަސާ

20 އަދި ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން، އަހަރެން ދުވަހަކު ވެސް އެންމެންގެ ކުރިމަތީގައި ވިޔަސް އަދި މީސްމީހުންގެ ގޭގައި ނަމަވެސް އީސާގެފާނާއި ބެހޭ ތެދު ޚަބަރުތައް ސީދަލަށް ކިޔާދީ އަންގައިދިނުމަކަށް ދުވަހަކު ވެސް ފަހެއް ނުޖެހެން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:20
18 ပူးပေါင်းရင်းမြစ်များ  

އެބައިމީހުންނާއި އެކަލޭގެފާނު މުޚާތަބު ކުރެއްވީ މުޅިން ވެސް މާނަފުން ވާހަކައިންނެވެ. އެހެނަސް އެކަލޭގެފާނުގެ އަސްޙާބީންނާއެކު އެކަހެރިވެ ވަޑައިގަންނަވާ ހިނދު މިހުރިހާ ވާހަކަތަކެއް އަސްޙާބީންނަށް އޮޅުންފިލުވައި ދެއްވައެވެ.


ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.


އެއީ މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާއި މެދު ކަލޭމެންނަށް އަންގަވަން އެދިވޮޑިގެންވީ ހުރިހާ އެއްޗެއް އަހަރެން ކަލޭމެންނަށް އަންގައިދިނީން.


އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ.


މި ބިމަށް ލިބުނު ފައިސާގެ ތެރެއިން ބައެއް މީނާ އީސާގެފާނުގެ މަންދޫބުންނާއި ހަވާލު ކުރިއެވެ. އަދި އެއީ އޭނާގެ ބިން ވިއްކާލައިގެން ލިބުނު ހުރިހާ ލާރި ކަމުގައި ވެސް ބުންޏެވެ. އޭނާގެ އަންހެނުން ވެސް މި ދޮގު ހެދުމަށް އޭނާއާއި އެއްބަސްވިއެވެ.


އަދި އެއަށް ފަހު ކޮންމެދުވަހަކު އެމީހުން ބައިތުލް މަޤްދިސްގައާއި އަދި މީސްތަކުންގެ ގޭގޭގައި ވެސް މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އަދި އީސާގެފާނަކީ މާތްރަސްކަލާނގެ ހޮއްވަވާ ޚާއްސަކުރައްވާ މީސްތަކުން ދިންނެވުމަށް ފޮނުއްވި އަލްމަސީޙު ކަމުގެ ހެޔޮޚަބަރުފުޅު އަންގަމުން ގެންދިޔައެވެ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! މާތްސާހިބާ އާއިއެކުގައި ވާތީ އުފާކުރާށެވެ. ތަކުރާރުކޮށް އެއްވާހަކައެއް ލިޔެ ތިޔަބައިމީހުންނަށް ފޮނުވުމުގައި އަހަރެން ފޫއްސެއްނުވަމެވެ. އަދި އަހަރެން މިހެން ބުނަނީ ތިޔަބައިމީހުންގެ އީމާންތެރިކަން ރައްކާތެރި ކުރުމަށެވެ.


އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ