Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:12 - ކިތާބުލް މުޤައްދަސާ

12 ދެން އެމީހުން އެ ވެއްޓުނު ޒުވާނާ އޭނާގެ ގެއަށް ގެންދިޔައެވެ. އޭނާ ދިރިހުރި ތަން ދެކެ އެއެންމެން ވެސް އުފާކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:12
10 ပူးပေါင်းရင်းမြစ်များ  

ދެން އެ އެންމެން އަނެއްކާވެސް ގޭގެ މަތީބުރިއަށް ދިޔައެވެ. އަދި އެތާނގައި އެންމެން އެކުގައި އީސާގެފާނުގެ މަތިން ހަނދުމަކުރުމަށް ކާ ކެއުން ކެއެވެ. ދެން އެއަށް ފަހު އަނެއްކާ ވެސް ޕައުލް އެމީހުންނާއި ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔައެވެ. މިގޮތުން ފަތިސް ވަންދެން ވާހަކަދެއްކުމަށް ފަހު ދެން ޕައުލް އެނބުރި ދިޔައެވެ.


އަހަރެމެން ޕައުލްގެ ކުރިން އޮޑިއެއްގައި އައްސޯސްއަށް ދިޔައީމެވެ. ޕައުލް އެންގީ އޭނާ އެ ރަށުން އަހަރެމެންނާއި ބައްދަލުކޮށް ދެން އެކުގައި އޮޑީގައި ދަތުރު ކުރާނެ ކަމުގައެވެ. ޕައުލް މި ގޮތަށް ހަމަޖެއްސި ސަބަބަކީ އޭނާ ބޭނުންވީ އައްސޯސްއަށް އެއްގަމު މަގުން ދިއުމަށެވެ.


ތިޔަބައިމީހުންގެ ގާތަށް އަހަރެން އޭނާ ފޮނުވީ އަހަރެމެންގެ ހާލު ތިޔަބައިމީހުންނަށް އޮޅުން ފިލުވައި ދިނުމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް އޭނާގެ ވާހަކަތަކުން ހިތްވަރު ދިނުމަށެވެ.


އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.


އެހެންވީމާ، މިބަސްތަކުން އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ.


އެހެންވީމާ، އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. އަދި އެކަކު އަނެކަކަށް ވަރުގަދަ އީމާންތެރިކަމެއްގައި ހެދި ބޮޑުވެދާށެވެ. އެއީ މިހާރު ވެސް ތިޔަބައިމީހުން އަމަލު ކުރަމުން ގެންދާ ފަދައިން ވެސް މެއެވެ.


އަޚުންނާއި އުޚުތުންނޭވެ! ކަންނެތް ކަމުގައި ތިބި މީސްތަކުންނަށް އިންޒާރު ދިނުމަށް ތިޔަބައިމީހުންނަށް އާދޭސްކޮށް އަހަރެން ބުނަމެވެ. ބިރުވެތި ކަމުގައި ތިބި ފަރާތްތަކަށް ހިތްވަރު ދޭށެވެ. ބަލިކަށި ފަރާތްތަކާއިމެދު އަޅާލުން ބަހައްޓައި އެހީތެރިވެ ދޭށެވެ. ހުރިހާ އެންމެންނާއި މެދު ކެތްތެރިވާށެވެ.


އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ