Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:11 - ކިތާބުލް މުޤައްދަސާ

11 ދެން އެ އެންމެން އަނެއްކާވެސް ގޭގެ މަތީބުރިއަށް ދިޔައެވެ. އަދި އެތާނގައި އެންމެން އެކުގައި އީސާގެފާނުގެ މަތިން ހަނދުމަކުރުމަށް ކާ ކެއުން ކެއެވެ. ދެން އެއަށް ފަހު އަނެއްކާ ވެސް ޕައުލް އެމީހުންނާއި ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔައެވެ. މިގޮތުން ފަތިސް ވަންދެން ވާހަކަދެއްކުމަށް ފަހު ދެން ޕައުލް އެނބުރި ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:11
4 ပူးပေါင်းရင်းမြစ်များ  

އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.


ދެން އެމީހުން އެ ވެއްޓުނު ޒުވާނާ އޭނާގެ ގެއަށް ގެންދިޔައެވެ. އޭނާ ދިރިހުރި ތަން ދެކެ އެއެންމެން ވެސް އުފާކުރިއެވެ.


އަހަރެމެން މާތްސާހިބާ އީސާގެފާނުގެ މަތިން ހަނދުމަކުރުމަށްޓަކާ ކާކެއުން ކެއުމަށް އާދީއްތަ ވިލޭރޭ ބައްދަލުވީމެވެ. އެ ބައްދަލުވުމުގައި ޕައުލް އެންމެންނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އަދި އޭނާ އަނެއްދުވަހު ފުރާތީ އާއިއެކު މެންދަން ވަންދެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.


އެއުތީކުސް އޭ ކިޔުނު ޒުވާން ފިރިހެނަކު ކުޑަދޮރެއްގެ ކައިރީގައި އިނެވެ. މީނާ ޕައުލްގެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ. ގިނަ އިރުވަމުން ދިޔަ ވަރަކަށް އޭނާ ކައިރިއަށް ނިދިއައެވެ. އަދި އެންމެފަހުން ނިދިއައިލެއް ގަދަކަމުން އޭނާއަށް ފުންކޮށް ނިދުނެވެ. އަދި އޭނާ އިނީ ކުޑަދޮރުގެ ކާރީގައި ކަމުން ނިދިގެން އޭނާ ތިން ބުރި މަތިން ތިރިއަށް ވެއްޓުނެވެ. މީހުންތައް ދުވަމުން ތިރިއަށް ގޮސް އޭނާ ނެގިއިރު އޭނާ ވަނީ މަރުވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ