Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 20:1 - ކިތާބުލް މުޤައްދަސާ

1 މި މައްސަލަގަނޑު ހަމަޖެހުމުން ޕައުލް އީމާންވެގެން ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ފަހު އެމީހުންނަށް އަލްވަދާޢު ކިޔާ އެ ރަށުން ފުރައިގެން މެސެޑޯނިޔާއަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 20:1
20 ပူးပေါင်းရင်းမြစ်များ  

މި ހިނދު އިސްރާއީލުގެފާނު ދުވަސްވެ ޢަޖޫޒު ވެފައި ވުމުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށް ފެނިވަޑައެއް ނުގަންނަވައެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެ ދަރިން އިސްރާއީލުގެފާނުގެ އަރިހަށް ކައިރިއަށް ގެންދެވިއެވެ. އަދި އިސްރާއީލުގެފާނު އެ ދެކުދިންގެ ގައިކޮޅުގައި ބޮސްދެއްވުމަށް ފަހު އެ ކުދިންގެ ގައިގައި ބައްދަވާ ލެއްވިއެވެ.


ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.


އެ ރަށުން އެއްގަމު މަގުގައި ދަތުރުކޮށް އަހަރެމެން ދިޔައީ ފިލިއްޕީއަށެވެ. އެއީ މެސެޑޯނިޔާގެ ފުރަތަމަ ރަށެވެ. މި ރަށް ވަނީ ރޯމުގެ ސަރުކާރުގެ ދަށުގައެވެ. އަހަރެމެން ދުވަސްކޮޅަކު އެ ރަށުގައި މަޑު ކުރީމެވެ.


އެ ރަށަށް އާދެވުނު ރޭ ޕައުލްއަށް ހުވަފެނެއް ފަދަ ގޮތެއްގައި ފެނުނީ މެސެޑޯނިޔާގެ މީހަކު އައިސް އާދޭހާއިއެކު މިފަދައިން އެދި ބުނިތަނެވެ. ”⁠މެސެޑޯނިޔާއަށް އައިސް އަހަރެމެންނަށް އެހީވޭ.⁠“


ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“


ޕައުލް ތިރިއަށް ގޮސް އޭނާގެ ކައިރީ އިށީނދެ އެ ޒުވާނާ ނަގާ އޭނާގެ ގައިގައި ބައްދާލިއެވެ. އަދި އެތާނގައި ތިބި މީސްތަކުންނަށް ޕައުލް ބުންޏެވެ. ”⁠ދެރަނުވޭ. އޭނާ މަރެއްނުވޭ.⁠“


އޭނާ އެ ރަށަށް ދަތުރުކޮށް ދިޔަ މަގު މަތީގައި ވީ ރަށްރަށުގައި ވީ އީމާންވެގެންވީ މީހުންނާ ވެސް ޕައުލް ހިތްވަރު ދިނުމުގެ ބަސްތަކުން ވާހަކަދައްކަމުން ދިޔައެވެ. ދެން އެންމެފަހުން އޭނާ ދިޔައީ ގުރީސްއަށެވެ.


އެ ރަށުގައި ޕައުލް ތިން މަސްދުވަހު މަޑު ކުރިއެވެ. އަދި އެއަށް ފަހު އޭނާ އޮޑިއެއްގައި ސޫރިޔާއަށް ފުރަން ނިންމިއެވެ. ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން ޕައުލް އާއި ދެކޮޅަށް ރޭވުމެއްރޭވިއެވެ. އެހެން ކަމުން ޕައުލް ގަސްތު ކުރީ އެއްގަމު މަގުން މެސެޑޯނިޔާއިން ލާފައި ދަތުރުކޮށް ދިއުމަށެވެ.


އެމީހުން ޕައުލް އާއި އަލްވަދާޢު ކިއުމަށް އައިސް ސަލާންކޮށް ގިސްލާ ރުޔެވެ.


އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމުގެ ބޮސް ދިނުމަކާއެކު މަރުޙަބާ ކިޔާށެވެ.


އަހަރެން މެސެޑޯނިޔާއަށް ފުރަމުން، އެފޭސުސްގައި ތިބާ މަޑުކޮށް އެތަނުގައި އަންގައިދެމުން ގެންދާ ދޮގު ފަތުވާތައް ހުއްޓުވުމަށް ތިބާގެ ގާތުގައި އެދެވިފައިވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ