މަންދޫބުންގެ މަސައްކަތް 2:9 - ކިތާބުލް މުޤައްދަސާ9-11 އަހަރެމެންނަކީ ޕަރުތިޔާ އާއި، މާދީ އާއި، އެލާމު އާއި، މެސޮޕޮޓޭމިއާ އާއި، ޖުދެއާ އާއި، ކައްޕަދޯސިޔާ އާއި، ޕޮންތުސް އާއި، އޭޝިޔާ އާއި، ފަރީޖިޔާ އާއި، ޕަންފީލިޔާ އާއި، މިޞްރާއި، ލީބިޔާގެ ޒައިރީން އާއި، ރޯމު ކަރައިގެ ބަނީއިސްރާއީލު މީހުންނާއި އަދި އާ ބަނީއިސްރާއީލުންނާއި، ކުރޭތު އާއި އަރަބި ކަރާގެ މީހުން. އެކަމަކު މާތްރަސްކަލާނގެ ކުރައްވާފައިވާ މަތިވެރި ކަންތައްތަކުގެ ވާހަކަ އެމީހުން ދައްކާ އަޑު އަހަރެމެންނަށް މި އިވެނީ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން.“ အခန်းကိုကြည့်ပါ။ |
ހަތަރު ރަސްކަލުން ކަމުގައިވާ، ޝިންޢާރުގެ ރަސްގެފާނު އަމްރާފަލް އާއި، އަލްއާސާރުގެ ރަސްގެފާނު އަރްޔޫކް އާއި، ޢީލާމުގެ ރަސްގެފާނު ކަދަރްލަޢައުމަރު އާއި ޖޫއީމުގެ ރަސްގެފާނު ތަދްޢާލު އާއި އެކުވެ ސަދޫމުގެ ރަސްގެފާނު ބާރަޢު އާއި، ޢަމޫރަތުގެ ރަސްގެފާނު ބިރްޝާޢު އާއި، އަދްމަތުގެ ރަސްގެފާނު ޝިންއާބާއި، ޞަބޫއީމުގެ ރަސްގެފާނު ޝިމްއީބަރު އާއި، ބާލަޢު ނުވަތަ ޞޫޣަރުގެ ރަސްގެފާނާއި، މި ފަސް ރަސްކަލުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިޔައެވެ.
އެ ރަށުގައި އުޅުނު އަކީލާއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ ބަނީއިސްރާއީލު މީހެކެވެ. ނަމަވެސް މީނާ އުފަންވީ ޕޮންތުސްގައެވެ. އަދި އޭނާ ދިރި އުޅުނީ ރޯމުގައެވެ. ނަމަވެސް ކުލާއުދިއުސް ރަސްގެފާނު ރޯމުގައި އުޅުނު ހުރިހާ ބަނީއިސްރާއީލު މީހުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަމުރުކުރުމުން އަކީލާ ވެސް އޭނާގެ އަންހެނުން ޕްރިސިލާ ގޮވައިގެން އިޓަލީން ކޮރިންތުއަށް އައި ތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އެއްދުވަހަކު ޕައުލް އަކީލާ އާއި ޕްރިސިލާގެ ގެއަށް ދިޔައެވެ.
ތިޔަ އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެން މި ކަމާމެދު މި ވާހަކަދައްކަނީ ހަމަ އެކަނި އަހަރެމެންގެ ވިޔަފާރިއަށް އާމުންގެ ކިބައިން ލިބެމުން ދާ ތަރުޙީބު ގެއްލި އެކަމުގެ އަގު ވެއްޓިދާނެތީ އެކައްޏެއް ނޫނޭ. އަހަރެން ކަންބޮޑުވާ ކަމަކީ އަހަރެމެންގެ ބާރުގަދަ މަތިވެރި އަންހެން ކަލާނގެ އަރުތޭމިސްގެ ފައްޅިއަށް ކުރެވޭ އިޙުތިރާމު ގެއްލި ގޮސް އޭޝިޔާގެ ސަރަހައްދުގައާއި އަދި މުޅި ދުނިޔޭގައި ވެސް އެކަލާނގެއަކަށް އަޅުކަން ކުރެވެމުން ދާ މަތިވެރި ލާމަސީލު އަންހެން ކަލާނގެ ކަމުގައިވާ އަރުތޭމިސްގެ ނުފޫޒު ގެއްލި އެކަލާނގެއަށް ކުރެވޭ ޤަދަރު ނެތިގެން ހިނގައި ދާނެތީއޭ.“
ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”މިނިވަން ފިރިހެނުން“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.
މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.