Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:47 - ކިތާބުލް މުޤައްދަސާ

47 އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް އަދި މީސްތަކުންގެ ކިބައިން އެމީހުންނަށް ލިބެމުން ދިޔަ ރަނގަޅު ނަމާއި ހެޔޮބަސްތަކުގެ މައްޗަށް އުފާކޮށް އުޅުނެވެ. މާތްރަސްކަލާނގެ އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަ ކުރައްވަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:47
25 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެމީހުންނަށް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. އެއީ މީސްތަކުން އެކަލޭގެފާނު ކިޔަވާ ދެއްވަމުން ގެންދެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ގަބޫލުކޮށް އެއަށް ފަރުވާ ބަހައްޓާލެއް ބޮޑު ކަމުންނެވެ.


އީސާގެފާނަށް މާތްރަސްކަލާނގެ އާއި މީސްތަކުންގެ ރުހުން ލިބިވަޑައިގެން ވިއެވެ. އަދި ވިސްނުންތެރިކަން ލިބިވަޑައިގެން އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގެންނެވިއެވެ.


މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނަށް މި ކަމުގައި އެހީތެރިވެ ދެއްވިއެވެ. އަދި ވަރަށް ގިނަ ބަޔަކު ގަބޫލުކޮށް މާތްސާހިބާއަށް އީމާންވިއެވެ.


ބަރުނައްބާސް އަކީ ރަނގަޅު މީހެކެވެ. އޭނާ ވަނީ މާތްރޫޙުފުޅުގެ ފުރިހަމަ ބާރުގެދަށުގައެވެ. އަދި އޭނާގެ އީމާންކަން ވެސް ވަރުގަދައެވެ. ބަރުނައްބާސް އެ ރަށަށް ދިއުމަށް ފަހު ވެސް އިތުރު އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ.


އެތާނގައި ތިބި ބަނީއިސްރާއީލު މީހުން ނޫން އެންމެން މި ބަސްތަކުގެ އަޑުއަހާ ވަރަށް އުފާކުރިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުން އެމީހުންނަށް މި ލިބުނު ޚަބަރުފުޅާއި މެދު ޙަމްދު ކުރިއެވެ. ދެން އެތާނގައި ތިބި މީހުންގެ ތެރެއިން ނިމުންނުވާ ޙަޔާތް ލިބުމަށް ކަނޑައެޅިފައިވީ އެންމެން އީސާގެފާނަށް އީމާންވިއެވެ


ޕައުލް އާއި ބަރުނައްބާސް އިކޯނިޔުމްގައި ވެސް ހަމަ އަންތީޔޮކުގައި ކަން ކުރި ފަދައިން ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ބަސްފުޅުތަކާ މެދު ވަރަށް ފުރިހަމަ ކަމާއިއެކު ވާހަކަ ދެއްކިއެވެ. މި ބަސްތައް އަޑު އެހި އެތައް ބަނީއިސްރާއީލު މީހުންނާއި އަދި އެހެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެންވީ މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ.


އެ ރަށުގައި އެމީހުން ހެޔޮޚަބަރުފުޅު މީސްތަކުންނަށް ކިޔާދިނެވެ. އަދި އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. ދެން އަނެއްކާ ޕައުލް އާއި ބަރުނައްބާސް އެނބުރި ލިސްތުރާ އަށާއި އިކޯނިޔުމް އަށާ އަދި ޕިސީދިޔާގެ އަންތީޔޮކުއަށް ދިޔައެވެ.


މި ކަމުގެ ސަބަބުން އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކުގެ އެންމެންގެ އީމާންކަން ވަރުގަދަވެ އަދި އެބައިމީހުންގެ އަދަދު ގިނަވަމުން ދިޔައެވެ.


މި ރަށުގެ ބަނީއިސްރާއީލު މީހުންގެ އެތައް ބަޔަކު އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އަދި ގުރީކުގެ ކަމުދަނިވެގެންވާ އެތައް އަންހެނުންނަކާ ފިރިހެނުންނެއް ވެސް އީމާންވިއެވެ.


މި ހަދިޔާ އަކީ ކަލޭމެންނަށާއި ކަލޭމެންގެ ދަރިންނަށާއި ދުރުގައިވާ އެންމެންނަށް ވެސް ވާ ހަދިޔާފުޅެއް. އަދި މި ހަދިޔާ އަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ހޮއްވަވާ އެންމެންނަށްޓަކާމެ ވާ ހަދިޔާއެއް.⁠“


އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.


މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.


ޔަޤީންކަމާއި ސާބިތުކަމާއި އެކު އީސާގެފާނުގެ މަންދޫބުން މީސްތަކުންނަށް އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރި ވަޑައިގެންނެވި ކަމުގައި އަންގައިދެމުން ގެންދިޔައެވެ. އަދި މާތްރަސްކަލާނގެ އީސާގެފާނަށް އީމާންވެގެން ތިބި ހުރިހާ އެންމެންނަށް ވަރަށް މަތިވެރި ނިޢުމަތްފުޅެއް ދެއްވިއެވެ.


ނަމަވެސް ޕަތަރަސްއާއި ޔޫޙަންނާ ދެއްކި މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއެހި އެތައް ބަޔަކު، އެބަސްފުޅުތައް ގަބޫލުކޮށް އީމާންވިއެވެ. އެހެން ކަމުން އީމާންވީ މީހުންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް ވުރެވެސް މައްޗަށް އެރިއެވެ.


އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.


މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.


ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.


ދެން ލިއްދާ އާއި އަދި ޝަރޯންގެ މުޅި ސަރަހައްދުގެ ހުރިހާ އެންމެން މި އޭނިޔާސް ހިނގާބިނގާވެ އުޅޭތަން ދެކެ އީސާގެފާނުގެ މައްޗަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ