Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:45 - ކިތާބުލް މުޤައްދަސާ

45 އެމީހުންގެ މުދަލާ އެހެން ވެސް ތަކެތި ވިއްކައިގެން އެ ލިބުނު ލާރި އެމީހުންގެ ތެރެއިން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ދީ ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:45
20 ပူးပေါင်းရင်းမြစ်များ  

ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.⁠“


އަހަރެން ބުނަންތަ؟ ކަލޭމެން އެހެން މީހުންގެ ފައިދާއަށްޓަކައި އަދި ރައްޓެހިންނަށްޓަކައި ދުނިޔެވީ މުދަލުގެ ބޭނުން ކުރޭ. އޭރުން ކަލޭމެންގެ ދީލަތިކަމުގެ ސަބަބުން ސުވަރުގޭގައި ކަލޭމެންނަށް ދެމިހުރި މަންޒިލެއް ލިބޭނެ.


އޭނާގެ މިޖަވާބު އިވިވަޑައިގެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ނަމަވެސް އަދި ކަލެއަށް ނުކުރެވި އޮތް އެއްކަމެއް އެބަ އޮތް. ކަލޭގެ އަތުގައި ވާނަމަ ވާހާ މުދަލެއް ވިއްކާލާ އެލާރި ފަގީރުންނަށް ދީ. އޭރުން ސުވަރުގޭގައި ކަލެއަށްޓަކައި ޚަޒާނާއެއް ވާނެ. ދެން އެއަށް ފަހު އަހަރެންނާއި އެކު ދާން އާދޭ.⁠“


އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަގީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.⁠“


ދެން އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ގަސްތު ކުރީ އެމީހުންނަށް ވެގެންވީ އެންމެ ގިނަ އަދަދެއްގެ އެހީ ޖުދެއާކަރައިގައިވާ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް ފޮނުވުމަށެވެ.


އެމީހުންނަށް އެއްވެސް އެއްޗަކަށް ދައްޗެއް ނުވެއެވެ. އެއީ އެމީހުންގެ ތެރެއިން ބިމާއި ގޯތި ގެދޮރު ހުރި މީހުން އެމީހުންގެ ބިން ނުވަތަ ގެ ވިއްކާލާ ލިބުނު ހުރިހާ ފައިސާ ގެނެސް އީސާގެފާނުގެ މަންދޫބުންގެ އަތަށް ދެއެވެ. އަދި މަންދޫބުން އެމީހުންގެ ތެރެއިން ބޭނުމަކު ޖެހިފައިވާ މީހުންނަށް އެފައިސާ ބަހާލައެވެ.


ނަމަވެސް އަހަރެމެންގެ ތެރެއިން މީހަކު ތަނަވަސް ޙަޔާތެއްގައި ވާހިނދު އަދި އޭނާގެ އަޚާއާއި އުޚުތާގެ ޒަރޫރީ ބޭނުންތައް ފެނުނަކަސް އެހީތެރިއެއް ނުވެއެވެ. އެކަމުން ދައްކަނީ މިފަދަ މީހާ މާތްރަސްކަލާނގެ ދެކެ ލޯތްބެއް ނުވާކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ