Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:41 - ކިތާބުލް މުޤައްދަސާ

41 އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:41
21 ပူးပေါင်းရင်းမြစ်များ  

ހަމަތެދެއް، އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ ކޮންމެ މީހަކުމެ އަހަރެން މިކުރި ފަދަ ކަންތައްތައް ކުރާނެ. އަދި އެމީހަކު އެއަށް ވުރެ މަތިވެރި ކަންތައް ވެސް ކުރާނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް ކަމުގައި ވީތީ.


މިހެން ވިދާޅުވުމުން ޝަމްއޫނު ޕަތަރަސް ދޯންޏަށް ގޮސް ދާ އެއްގަމަށް ގެނައެވެ. އެ ދަލުގައި ވަރަށް ބޮޑެތި މަހުގެ ސަތޭކަ ފަންސާސް ތިން މަސް ޖެހިފައި އޮތެވެ. އެކަމަކު ދާ ވީދިފައެއް ވެސް ނެތެވެ.


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އެތާނގައި ތިބި ބަނީއިސްރާއީލު މީހުން ނޫން އެންމެން މި ބަސްތަކުގެ އަޑުއަހާ ވަރަށް އުފާކުރިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުން އެމީހުންނަށް މި ލިބުނު ޚަބަރުފުޅާއި މެދު ޙަމްދު ކުރިއެވެ. ދެން އެތާނގައި ތިބި މީހުންގެ ތެރެއިން ނިމުންނުވާ ޙަޔާތް ލިބުމަށް ކަނޑައެޅިފައިވީ އެންމެން އީސާގެފާނަށް އީމާންވިއެވެ


އެތަނަށް އެއްވެފައިވާ މީސްތަކުންނަށް މި ބަސްތައް އިވުމުން ވަރަށް ކަންބޮޑުވެ ދެރަވިއެވެ. އެމީހުން ޕަތަރަސްއާއި އެހެން ވެސް އީސާގެފާނުގެ މަންދޫބުން ކުރެން ސުވާލު ކުރިއެވެ. ”⁠އަޚުންނޭ. ދެން އަހަރެމެން ހަދާނީ ކިހިނެއް ތޯ؟⁠“


އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް އަދި މީސްތަކުންގެ ކިބައިން އެމީހުންނަށް ލިބެމުން ދިޔަ ރަނގަޅު ނަމާއި ހެޔޮބަސްތަކުގެ މައްޗަށް އުފާކޮށް އުޅުނެވެ. މާތްރަސްކަލާނގެ އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަ ކުރައްވަމުން ދިޔައެވެ.


މުޅިއެކު އޮޑީގައި ދުއިސައްތަ ހަތްދިހަ ހަ މީހުން ތިއްބެވެ.


އެއީ އެކަލޭގެފާނުގެ ބަސްތަކަށް އީމާންވެ ކިޔަމަންތެރި ނުވެއްޖެ ކޮންމެ މީހަކީ މާތްރަސްކަލާނގެ ކިބައަށް އީމާންވާ މީސްތަކުންގެ ތެރެއިން ހިމެނޭ މީހަކު ކަމުގައެއް ނުވާނޭ.⁠‘


ނަމަވެސް ޕަތަރަސްއާއި ޔޫޙަންނާ ދެއްކި މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއެހި އެތައް ބަޔަކު، އެބަސްފުޅުތައް ގަބޫލުކޮށް އީމާންވިއެވެ. އެހެން ކަމުން އީމާންވީ މީހުންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް ވުރެވެސް މައްޗަށް އެރިއެވެ.


ދެން ޔޫސުފުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅާއި އާއިލާގެ މީހުންނަށް މިޞްރަށް އައުމަށް އެދި ދެންނެވި. އެމީހުންގެ އަދަދު މުޅިއެކު ހަތްދިހަ ފަހެއް ކަމުގައި ވި.


އެހެންވީމާ، ތިޔަބައިމީހުން މާތް ސާހިބާއާއި އަހަރެމެންނީ ނަމޫނާއެއް ކަމުގައި ބަލައިގަތެވެ. ތިޔަބައިމީހުން ވޭނުގައި ވިކަމުގައި ވިޔަސް ތިޔަބައިމީހުންނަށް އުނގަންނައިދެވުނު ތަކެތި ތިޔަބައިމީހުން ބަލައިގަތީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ފޮނުއްވި އުފާވެރިކަމުގެ ސަބަބުންނެވެ.


މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ.


ދެވަނަ މަލާއިކަތާ، އެ މަލާއިކަތާގެ ބޯތަށިކޮޅު ކަނޑަށް އޮއްސާލެއްވިއެވެ. އެ ހިނދު މައްޔިތެއްގެ ހަށިގަނޑުގެ ލޭ ފަދައިން މުޅިކަނޑު ވެގެން ދިޔައެވެ. އަދި ކަނޑުގައިވި އެންމެހާ ދިރޭ ތަކެތި މަރުވެ ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ