މަންދޫބުންގެ މަސައްކަތް 2:4 - ކިތާބުލް މުޤައްދަސާ4 އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ. အခန်းကိုကြည့်ပါ။ |
އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަ މީހަކު ކަމުގައި ވާނެ. އޭނާ އެއްގޮތަކަށް ވެސް މޭބިސްކަދުރުން ނުވަތަ އެހެން އެއްޗަކުން ވިޔަސް ހަދާފައިވާ މަސްތުވާ ފަދަ ބުއިމެއް ބޮއިގެން ނުވާނެ. އަދި އޭނާ އުފަންވުމުގެ ކުރިން ފެށިގެން އޭނާ ވާނީ މާތްރޫޙުފުޅުން ފުރިފަ. އޭނާ ހުރިހާ ކަމެއް ވެސް ކުރާނީ މާތްރަސްކަލާނގެ ބާރުފުޅުގެ ދަށުން.
އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.
ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.“
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.