Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:38 - ކިތާބުލް މުޤައްދަސާ

38 ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:38
43 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“


އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


އެހާތަނުން އީސާގެފާނު ރިސާލަތު އިއްވަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތައުބާވޭ! އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ!⁠“


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އެންމެ އެކަށީގެންވާ ވަގުތު މިވަނީ އައިސްފަ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ! ތައުބާވޭ! ހެޔޮޚަބަރުފުޅަށް އީމާންވޭ!⁠“


މިކަންތައްތަކާއިމެދުގައި އީމާންވެ ތައުބާގެ ހިނެވުމުން ހިނެވިގެންވީ ފަރާތްތަކަށް ދިންނެވުން ލިބިދޭނެ. އަދި މިކަންތައްތައް ގަބޫލު ނުކުރާ ފަރާތްތައް ކުށްވެރިވެގެން ދާނެއެވެ.


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


މީސްތަކުން ޔަޙުޔާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠އަހަރެމެން ތައުބާވެއްޖެ ކަން ހާމަކުރުމަށްޓަކައި ކުރަންވީ ކީއް؟⁠“


ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް މާކުރީއްސުރެ ވެސް އަންގަވާފައިވާ ފަދައިން އެ ބޭކަލަކަށް އީމާންވުމުން އެންމެ ހާ މީސްތަކުންގެ ފާފަތައް އެ ނަންފުޅެއް މެދުވެރިކޮށް ފުއްސެވޭނޭ ނަންފުޅަކީ އީސާގެފާނުގެ ނަންފުޅޭ.⁠“


ދެން ޕަތަރަސް މި އެންމެން އީސާ އަލްމަސީޙުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނެވުމަށް އެންގިއެވެ. އަދި އެމީހުން އެދުނީ ޕަތަރަސް ދެތިން ދުވަހު އެމީހުންގެ ކާރީ އެ ރަށުގައި މަޑު ކޮށްދިނުމަށެވެ.


އެކުވެރިންނޭ އަޅުގަނޑު ތިޔަ އެންމެ ހާ އަޚުންނަށް ދޭން އެދޭ ޚަބަރަކީ އީސާގެފާނު މެދުވެރިކޮށް ތިޔަ އެންމެ ހާ މީސްތަކުންގެ ފާފަ ފޮއްސެވޭނެ ކަމުގެ ޚަބަރު.


ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”⁠އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.⁠“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.


މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށޭ.


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


އެހެންވީމައި އިތުރަށް ދެން މަޑު ނުކުރާށޭ. ތެދުވެ އަވަހަށް ތައުބާގެ ހިނެވުމުން ހިނައިގަނެ މާތްސާހިބާގެ ނަންފުޅުގަނެ ދުޢާ ކޮށް ކަލޭގެ ފާފަތައް ފޮހެ ނައްތާލާށޭ.⁠‘


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


އަޅުގަނޑު މި ކަންތަކުގެ ޚަބަރު ފުރަތަމަ ދިނީ ދިމިޝްޤުގެ މީހުންނަށް. ދެން އެއަށް ފަހު އަޅުގަނޑު ދިޔައީ ޖެރޫސަލަމަށާ އަދި މުޅި ޖުދެއާ ކަރާގެތެރެއަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. އަޅުގަނޑު އެމީހުން ގާތުގާ ބުނީ ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމަށް، އަދި އެމީހުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަން އެމީހުން ކުރާ ހުރިހާ އަމަލުތަކަކުން ވެސް ދެއްކުމަށް.


ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ޙަޟްރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ.


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


ނަމަވެސް ފިލިޕު އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުންނާ އަދި އީސާ އަލްމަސީޙާ ބެހޭ ގޮތުން އަންގައިދިނުމުން އެ ރަށުގެ އެތައް ފިރިހެނުންނާއި އަންހެނުންނެއް ފިލިޕުގެ ބަސް ގަބޫލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ.


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠ކަލެއާއި ކަލޭގެ ފައިސާ އާއި ދާނީ ނަރަކައަށް. އެއީ ކަލޭ ތިޔަ ހީކުރީ މާތްރަސްކަލާނގެ ދެއްވާ ހަދިޔާފުޅު ފައިސާ ދީފަ ގަތުމަށް.


އަލްމަސީޙާއި އެކުގައި އަހަރެމެން އެއްބައިވަންތަ ކަމުގައި ވުމުން އެކަލޭގެފާނުގެ ޤުރުބާނުގެ ލޭފޮދުން އަހަރެމެން ވަނީ ފާފަތަކުން މިނިވަން ކޮށްދެއްވާފައެވެ. އޭގެ މާނައަކީ އަހަރެމެންގެ ފާފަތައް ވަނީ އަފޫކުރައްވާފައެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ތަނަވަސްކަން އެހައިމެ ބޮޑެވެ.


އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވީ އަހަރެމެންނަށް ކުރެވިފައިވީ ރަނގަޅު ކަމެއްގެ ސަބަބަކުންނެއް ނޫނެވެ. އެހެނަސް އެއީ އެކަލާނގެ ރަޙުމަތް ފުޅެވެ. އެކަލާނގެ އަހަރެމެންގެ ފާފަ ފުއްސަވައި ދެއްވާ އާ ޙަޔާތެއް ދެއްވީ މާތްރޫޙުފުޅު މެދުވެރި ކުރައްވައެވެ.


އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ