Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:34 - ކިތާބުލް މުޤައްދަސާ

34 ދާއޫދުގެފާނު އުޑަކަށް ނޭރުއްވެ. ނަމަވެސް އެކަލޭގެފާނު މި ފަދައިން ވިދާޅުވެފައި ވޭ. ’⁠މާތްސާހިބުވަންތަ ރަސްކަލާނގެ މަގޭ މާތްސާހިބާއަށް ވަޙީކުރެއްވި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:34
9 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ: ’⁠ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.⁠‘


އިންސާނާގެ ދަރިކަލުން ނޫން އެއްވެސް މީހަކު ސުވަރުގެއިން ދުނިޔެއަށް އައިސް އެނބުރި ސުވަރުގެ ގޮސްފައެއް ނުވޭ.


ތިމަންކަލާނގެ ކަލޭގެފާނުގެ ދުޝްމިނުން ކަލޭގެފާނުގެ ފައިދަށަށް ލާ ގޮނޑިއެއް ފަދައިން ދަށްކުރައްވަން ދެން، ކަލޭގެފާނު ތިމަންކަލާނގެ ކަނާއަތް ފަރާތުގައި އިއްޒަތުގައި އިށީނދެ ވަޑައިގަންނަވާށޭ.⁠‘


އަދި އަލްމަސީޙުގެ ބާރުގެދަށަށް އެންމެހާ ތަކެތި މާތްރަސްކަލާނގެ ލެއްވިއެވެ. ހަމައެހެންމެ މަސީޙީ ޖަމާޢަތަށް ފައިދާ ކުރުވަނިވި އެންމެހާ ކަންތައް ކުރުމުގެ ބާރުތައް ވެސް އެކަލާނގެ ވަނީ އެކަލޭގެފާނަށް ދެއްވާފައެވެ.


މާތްރަސްކަލާނގެ މިފަދަ އެންގެވުމެއް އެއްވެސް މަލާއިކަތަކަށް ނިސްބަތް ކުރައްވައި އަންގަވާފައެއް ނުވެއެވެ. ”⁠ކަލޭގެފާނު ތިމަންކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އިއްޒަތުގެ މަޤާމުގައި އިށީނދެ ވަޑައިގަންނަވާށެވެ. އެއީ ތިމަންކަލާނގެ، ކަލޭގެފާނާއި ދެކޮޅުވެރިވި އެންމެން، ކަލޭގެފާނުގެ ފައިންޕުޅުގެ ދަށަށްލާ ކުޑަ ގޮނޑިއެއް ފަދައިން ނިކަމެތި ކޮށްލައްވަންދެނެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ