މަންދޫބުންގެ މަސައްކަތް 2:32 - ކިތާބުލް މުޤައްދަސާ32 މާތްރަސްކަލާނގެ އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައިފި. އަހަރެމެން އެންމެންނަކީ އެކަންތައް ދުށް ހެކިން. အခန်းကိုကြည့်ပါ။ |
އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކު ވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.“
އެހެނީ ދުނިޔޭގެ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިސާބު ބައްލަވާނެ ދުވަހެއް އެކަލާނގެ ކަނޑައަޅުއްވައިފިއޭ. އަދި އެ ފަދައިން މީސްތަކުންގެ މައްޗަށް ހިސާބު ބެއްލެވުމަށް އެކަލާނގެ ހަމަޖައްސަވާ ކަނޑައެޅުއްވި ބޭކަލަކީ އީސާގެފާނޭ. އީސާގެފާނު މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރުއްވާ މާތްރަސްކަލާނގެ މި ކަން ސާބިތުކޮށް ހާމަކޮށްދެއްވައިފިއޭ.“
ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން.
ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނެވޭހިނދު އަލްމަސީޙާއި އެކުގައި ތިޔަބައިމީހުން ވެސް ވަޅުލެވެއެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހު ދިރުނު ފަދައިން އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވެސް ދިރިގެން އައިސްފައެވެ. އެއީ އީސާގެފާނު އަވަހާރަވުމަށް ފަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅުން އެކަލޭގެފާނަށް އަލުން ދިރުން ދެއްވިކަމަށް ތިޔަބައިމީހުން އީމާންވާކަމުންނެވެ.