މަންދޫބުންގެ މަސައްކަތް 2:30 - ކިތާބުލް މުޤައްދަސާ30 ދާއޫދުގެފާނަކީ ރަސޫލުބޭކަލެއް ކަމުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ކުރެއްވި މުހިންމު ވަޢުދުފުޅު އެކަލޭގެފާނު ދެނެވަޑައިގެންވި. މާތްރަސްކަލާނގެ ދާއޫދުގެފާނަށް ވަޙީކުރެއްވީ ދާއޫދުގެފާނުގެ ދަރިކޮޅުން އަންނަ މީހަކު ހަމަ ދާއޫދުގެފާނު މީސްތަކުންގެ މައްޗަށް ރަސްކަން ކުރެއްވި ފަދައިން އަލްމަސީޙުގެ ގޮތުގައި މީސްތަކުންގެ މައްޗަށް ވެރިކަން ކުރައްވާނެ ކަމުގަ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ: ’ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.‘
”އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.“
އެމީހުންނަށް އެ އަރާމުގެ މަންޒިލަށް ވަދެވޭނެ އެހެން ދުވަހެއް މާތްރަސްކަލާނގެ އޭގެ ފަހުން ތަނަވަސް ކުރެއްވިއެވެ. އެދުވަހަކީ ”މިއަދުއޭ“ ކިއުނު އަނެއް ދުވަހެވެ. އޭގެ އެތައް އަހަރެއް ފަހުން ފަތްފުށްތަކުގައި ލިޔެވިފައިވާ މި ބަސްފުޅު ދާއޫދުގެފާނު މެދުވެރިކުރައްވައި އިއްވެވިއެވެ. ”މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ، ކަލޭމެން ބޯހަރު ނުކުރާށެވެ!“
ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.“