މަންދޫބުންގެ މަސައްކަތް 2:28 - ކިތާބުލް މުޤައްދަސާ28 މި އަޅާ މަރުވުމަށް ފަހު އަލުން ދިރުއްވާނެ މަގު އިނބަރަސްކަލާނގެ ދައްކަވައިފިއޭ. އިނބަރަސްކަލާނގެ ޙަޟްރަތުގައި ވުމުގެ އުފާވެރިކަން މި އަޅާއަށް ދެއްވާނޭ.‘“ အခန်းကိုကြည့်ပါ။ |
ޕަތަރަސް އެތަނުގައިވާ އެންމެންނާއި މުޚާޠަބު ކޮށް ބުނަމުން ގެންދިޔައެވެ. ”އަޚުންނޭ، އަހަރެމެންގެ މަތިވެރި ކާބަފައިކަލުން ދާއޫދުގެފާނު މި ބަސްފުޅުތައް ވިދާޅުވީ އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް މުޚާޠަބު ކުރައްވާފައެއް ނޫން. އެއީ އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވިފައި އެވަނީ އަހަރެމެންގެ ތެރޭގަ. މިހާރު ވެސް އެކަލޭގެފާނުގެ މަހާނަފުޅު އަހަރެމެންގެ ތެރޭގައި އެބަވޭ.
އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.