Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:27 - ކިތާބުލް މުޤައްދަސާ

27 އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން މަރުވުމަށް ފަހު ކަށްވަޅުގައި ގިނަ ދުވަސްތަކަކަށް އޮތުމަކަށް އިނބަރަސްކަލާނގެ ދޫކޮށެއް ނުލައްވާނޭ. އިނބަރަސްކަލާނގެ އެކަލޭގެފާނުގެ ހަށިކޮޅު ފަނާވެ ދިޔުމަކަށް ދޫކޮށެއް ނުލައްވާނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:27
26 ပူးပေါင်းရင်းမြစ်များ  

ބިޔަ ފަރުބަދަތަކުގެ މުލާ ހަމަޔަށް ގެނބިގެންދިޔަ ހިނދު، މަރު އައިސް މިއަޅާ ގެންގޮސް ގައިދުކޮށްލި ހިނދު، އިނބަރަސްކަލާގެ އެ އަނދިރިވަޅުގަނޑުން މިއަޅާ ނެރުއްވީމު.


ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް ސުވަރުގެ ލިބިދޭނޭ ކަމުގައި ހީކުރަނީތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުންމިނަށް. ކަލޭމެންގެ މެދުގައި އަހަރެން ދެއްކި މުޢުޖިޒާތްތައް ސަދޫމުގައި ދެއްކި ކަމުގައި ވީނަމަ މިއަދު ވެސް އެ ރަށް ފެންނަން އޮތީސް.


”⁠އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!⁠“


މަލާއިކަތާ ވިދާޅުވިއެވެ. ”⁠މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު.


މި މުއްސަނދި މީހާ ނަރަކައިގައި ވަރަށް ވޭން ލިބިގެންވާ ހާލުގައި ވި. އޭނާ ވަށައިގެން ހޯދާ ބެލިއިރު ވަރަށް ދުރުން އޭނާއަށް އިބްރާހީމްގެފާނު ފެނުނު. އަދި އެކަލޭގެފާނުގެ އަރިހުގައި ލާޒަރު ވެސް ވަނިކޮށް ދުށް.


ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“


”⁠އޭ ނާޒަރަތުގެ އަހުލުވެރި އީސާ. ކަލޭގެފާނު ތިޔައުޅެނީ އަހަރެމެންނަށް ކީއްކުރަން؟ ކަލޭގެފާނު މިތަނަށް ތިޔައައީ އަހަރެމެން ނައްތާލުމަށް ތަ؟ ކަލޭގެފާނު ތިޔައީ ކާކުކަން އަހަންނަށް އެނގޭ. ކަލޭގެފާނަކީ މާތްރަސްކަލާނގެ މަތިވެރި ކުރެއްވި މީހާ.⁠“


ދެން އީސާގެފާނު މީސްތަކުންނަށް އެ ހިލަ ފުރޮޅާލުމަށް އެންގެވިއެވެ. ނަމަވެސް މަރުވެފައިވާ މީހާގެ ދައްތަ، މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ، ލާޒަރު މަރުވިތާ މިހާރު ހަތަރު ދުވަސް ވެއްޖެ. އެހެންވީމާ މިހާރު އެތާނގައި ދުވާނީ ކުނިވަސް.⁠“


އެހެން ކަމުން އަހަރެންގެ ހިތް ހަމަޖެހެއޭ. އަދި އަހަރެންގެ ދުލުން އުފާވެރި ކަމުގެ ބަސްތައް ބޭރުވެއޭ އަދި އަހަރެން މި ވަނީ އުންމީދުން ފުރިފައޭ.


މި އަޅާ މަރުވުމަށް ފަހު އަލުން ދިރުއްވާނެ މަގު އިނބަރަސްކަލާނގެ ދައްކަވައިފިއޭ. އިނބަރަސްކަލާނގެ ޙަޟްރަތުގައި ވުމުގެ އުފާވެރިކަން މި އަޅާއަށް ދެއްވާނޭ.⁠‘⁠“


ދާއޫދުގެފާނަށް ކަންތައް ވާނޭ ގޮތް އެނގިވަޑައިގެން ވާތީ އެކަލޭގެފާނު އަލްމަސީޙު މަރުވުމަށް ފަހު އަލުން ދިރުއްވޭނޭ ކަމުގައި ވިދާޅުވި. ދާއޫދުގެފާނު ވިދާޅުވި. ’⁠އަލްމަސީޙު ކަށްވަޅުގައި ވުމަކަށް އެކަލާނގެ ދޫކޮށެއް ނުލައްވާނޭ. އަދި އަލްމަސީޙާގެ ހަށިކޮޅު ކުނިވެ ނެތިގެންނެއް ނުދާނޭ.⁠‘


އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތަކާއި އެއްފަދައިން މިތާ ޖެރޫސަލަމުގައި ވެސް ކަންތައްތައް ވެއްޖެ. އެއީ ހެރޮދު ރަސްގެފާނާއި ގަވަރުނަރު ޕޮންތިޔުސް ޕިލާތުސް އާއި އީމާން ނުވާ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި އެކުވެ، މާތްރަސްކަލާނގެ ޚާއްސަ ކުރެއްވި އަލްމަސީޙު، އިނބަރަސްކަލާނގެ މާތް ޚާދިމު، އީސާގެފާނާއި ދެކޮޅު ހެދި.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވިއެވެ. މިގޮތުން ތިޔަ ހުރިހާ އެންމެންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ވެއެވެ.


އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.


އަދި ކަނޑު އޭގެ އަޑީގައި މަރުވެފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް ގެނެސްދިނެވެ. އަދި އެމީހުންނާއިމެދު ފައިސަލާ ކުރުމުގެ ވަގުތު ޖެހުނެވެ. އަދި މަރާއި މަރުގެ މަންޒިލް އޭގައި ތިބި މީސްތަކުން ގެނެސްދިނެވެ. އަދި އެއިން ކޮންމެ މީހަކަށްމެ އެމީހަކު ކުރި ޢަމަލަކަށް ޖަޒާ ލިބުނެވެ.


”⁠ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ