Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:23 - ކިތާބުލް މުޤައްދަސާ

23 އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:23
39 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ މަގުސަދަކަށްވީ އަހަރެންނަށް އަނިޔާވެރިވުން. ނަމަވެސް މިއަދު އެނުބައި ޢަމަލު މާތްކަލާނގެ ވަނީ ހެޔޮކަމަކަށް ބަދަލު ކުރައްވާފައި. އޭގެ ނަތީޖާއަކަށްވީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކުރެއްވުން.


އެއަށް ފަހު ބަނީއިސްރާއީލުން ނޫން ދަރިކޮޅުގެ މީސްތަކުންނާއި އޭނާ ޙަވާލު ކުރެވާނެ. އަދި އެބައިމީހުން އޭނާއަށް މަލާމާތާއި ފުރައްސާރަކޮށް ހަދާނެ. އަދި އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތެޅުމަށް ފަހު ސަލީބަށް އަރުވާނެ. އެކަމަކު އޭނާ އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިގެން ތެދުވާނެ.⁠“


މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވާ ފަދައިން އިންސާނާގެ ދަރިކަލުން އަވަހާރަވާނެ. ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނެ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެފަދަ މީހަކަށް އޭނާ ދުނިޔެއަށް އުފަން ނުވިނަމަ މާ ރަނގަޅުވީސް.⁠“


ދެން އެ ސިފައިން އެކަލޭގެފާނު ސަލީބަށް އެރުވުމަށް ފަހު އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތުލައި ހެދިއެވެ.


އެއަށް ފަހު އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވިއެވެ. އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ލިބޭނީ ކާކަށްތޯ ބެލުމަށްޓަކައި ގުރުއަތުލަމުން ދިޔައެވެ.


މާތްރަސްކަލާނގެ ނިންމަވާފައިވާ ނިންމެވުމާއި އެއްފަދައިން އިންސާނާގެ ދަރިކަލުން ކުރިއަށް ދާނެ. ނަމަވެސް އޭނާއަށް ޚިޔާނާތްތެރި ވާނޭ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ.⁠“


އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’⁠އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.⁠‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.⁠“


އެބައިމީހުން އީސާގެފާނާއި މި ދެކުށްވެރިންގެ މީހުން ”⁠ބޮލުގެ ނާށިގަނޑުގެ މަޤާމޭ⁠“ ނަމަކަށް ކިޔުނު ހުސް ބިމަށް ގެންދިޔައެވެ. އަދި އެތާނގައި މިބައިމީހުން އީސާގެފާނު ސަލީބަށް އެރުވިއެވެ. އަދި މި ދެކުށްވެރިން ވެސް އެކަކު އީސާގެފާނުގެ ކަނާއަތްޕުޅު ފަރާތުގައި އަދި އަނެކަކު އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ވާ ގޮތަށް ސަލީބަށް އެރުވިއެވެ.


ބޮޑު އިމާމުންނާއި އަހަރެމެންގެ ވެރިން އެކަލޭގެފާނަށް މަރުގެ ޙުކުމް ކޮށް އެކަލޭގެފާނު ރޯމުގެ ސިފައިންނާއި ހަވާލުކުރި. އަދި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވި.


އެތާނގައި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވިއެވެ. އީސާގެފާނުގެ އިތުރުން ވެސް ދެމީހަކު ސަލީބަށް އަރުވައިފައި ތިއްބެވެ. އެކަކު ވަނީ އެކަލޭގެފާނުގެ ކަނާއަތް ފަރާތުގައެވެ. އަނެކަކުވަނީ އެކަލޭގެފާނުގެ ވާތްފަރާތުގައެވެ.


އެހެން ކަމުން އެމީހުން ބުންޏެވެ. ”⁠މިފަދަ އެއްޗެއް އިރާލައިގެން ބަހާނެ ކަމެއް ނެތް. މި ލިބެނީ ކާކަށްތޯ ބަލަން އޭގެ މައްޗަށް ގުރުއަތުލާން ހިނގާ.⁠“ މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތުގައި ޣައިބުގައި ލިޔެވިގެންވީ ބަސްފުޅުތައް ތެދަކަށް ވިއެވެ. އެހެނީ މިފަދައިން ލިޔެވިގެންވެއެވެ. ”⁠އަހަރެންގެ އަންނައުނު އެމީހުން އެކަކު އަނެކަކަށް ބަހާލިއެވެ. އަދި އަހަރެންގެ ގައިގައި ވީ ރިދާކޮޅު ލިބޭނެ މީހަކު ބެލުމަށް އެމީހުން ގުރުއަތުލިއެވެ.⁠“ އެމީހުން އެފަދައިން ކަންތައްކުރި އިރު،


ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.


މިއީ އެތައް ޒަމާނެއްގެ ކުރިން ތިމަންކަލާނގެ ކުރެއްވި ވަޢުދުފުޅެކޭ.⁠‘⁠“


އެހެން ކަމުން ބަނީއިސްރާއީލުގެ އެންމެންނޭ، ކަށަވަރުވެ ދެނެގަނޭ. ކަލޭމެން ސަލީބަށް ނަގާ މަރާލި އީސާގެފާނު އެއީ މާތްރަސްކަލާނގެ ފޮނުއްވި މާތްސާހިބާ އަލްމަސީޙު.⁠“


މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ އަލްމަސީޙު އަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަ ވާނެ ކަން އެކަލާނގެ ވަނީ ހުރިހާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާކުރިންސުރެ ވެސް އަންގަވާފަ. މިހާރު މި ކަންތައްތައް ވެ އެ ދިޔައީ އެކަލާނގެ އަންގަވައިފައިވީ ގޮތުގެ މަތިން.


މިމީހުން އެކުރި އެހުރިހާ ކަމަކީ އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅާއި އިރާދަފުޅުގައި ހިންމެވުމަށް ހަމަޖެހިފައިވީ ކަންތައްތައް.


”⁠އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟⁠“


ތިޔަބޭފުޅުންގެ ބަހަށް އީސާގެފާނު ސަލީބަކަށް މޮހޮރު ޖަހާ ހަރުކޮށް މަރާލި. ނަމަވެސް މާތްރަސްކަލާނގެ، އަޅުގަނޑުމެންގެ ކާބަފައިން ވެސް ހަމަ އެކަލާނގެއަކަށް އަޅުކަން ކުރި ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި.


ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.


އެހެނީ އެ ބަނީއިސްރާއީލުން މާތްސާހިބާ އީސާގެފާނު ގަތުލު ކުރެއްވިއެވެ. އަދި ނަބީބޭކަލުން ވެސް މެއެވެ. އަދި އެބައިމީހުންގެ ޤައުމު ދޫކޮށް އަހަރެމެން ދިއުމަށް ވެސް އެބައިމީހުން މަޖުބޫރުކުރިއެވެ. އަދި އެބައި މީހުން ޚިޔާރު ކުރީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާނެ ގޮތެވެ. އަދި އެބައިމީހުން މުޅި އިންސާނީ ދަރިކޮޅާއި ދެކޮޅުވެރި ވެގަތެވެ.


އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!


ދުނިޔެ އުފެއްދުވުމުގެ އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރެއްވީ މި މަގުސަދަށްޓަކައެވެ. ނަމަވެސް މިފަހަކަށް އައިސް މީސްތަކުންނަށް ފެނިދެނިވި ގޮތެއްގައި އެކަލޭގެފާނު ވަނީ މި ދުނިޔެއަށް ވަޑައިގަންނަވާފައެވެ. އަދި އެކަލޭގެފާނު މިފަދައިން އަމަލު ކުރެއްވީ ތިޔަބައި މީހުންނަށްޓަކައެވެ.


އަދި ”⁠އެކަލޭގެފާނީ މީސްތަކުން އަޅައިގެން ވެއްޓިދާފަދަ ހިލައެކެވެ. އަދި މީސްތަކުން އެ ހިލައިގެ މައްޗަށް ވެއްޓިދެއެވެ.⁠“ އެބައިމީހުން ވެއްޓިގެންދަނީ މާތްރަސްކަލާނގެ ބަސްފުޅު އަޑުނޭހުމުގެ ސަބަބުންނެވެ. އެހެންވީމާ މާތްރަސްކަލާނގެ ރާއްވަވާފައިވާ ގޮތުގެ މަތިން އެބައިމީހުން ތަގުދީރާއި ކުރިމަތިލައެވެ.


އަހަރެން މިފަދައިން ބުނަން ޖެހުނު ސަބަބަކީ ދީނެއް ނެތް ބަޔަކު ތިޔަބައިމީހުންގެ ތެރެއަށް ކަތުރުފަނިތަކެއް ހެން ވަދެގަނެ އެކަލޭގެފާނު އެންގެވި ހެޔޮޚަބަރުފުޅު އޮޅުވާލަމުން ގެންދާތީއެވެ. އެބައިމީހުން ބުނަމުން ދަނީ އަހަރެމެން ނުބައިނުލަފާ ގޮތްގޮތަށް އުޅުނަކަސް މާތްކަލާނގެ މަތިވެރި ނިޢުމަތްފުޅުން އަހަރެމެން ކުށްވެރި ނުކުރައްވާނެ ކަމަށެވެ. އެމީހުން ވަނީ އަހަރެމެންގެ ސާހިބާ އީސާ އަލްމަސީޙު ދޮގުކޮށްފައެވެ. މިފަދަ މީހުންނަށް ހުރި ޢުޤޫބާތުގެ ވާހަކަ މީގެ އެތައް ޒަމާނެއްގެ ކުރީގައި ވެސް ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ.


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ