Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:17 - ކިތާބުލް މުޤައްދަސާ

17 އެކަލާނގެ ނަބީ ޔޮއެލްއަށް ވަޙީ ކުރެއްވި: ’⁠ތިމަންކަލާނގެ އިންސާނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފޮނުއްވާނީ ފަހު ޒަމާނުގެ ދުވަސްވަރު އޭ. އޭރުން ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިން ތިމަންކަލާނގެ އެމީހުންނަށް އަންގަވާ ވަޙީ ބަސްފުޅުތައް ހާމަކޮށްދޭނޭ. ކަލޭމެންގެ ތެރެއިން ޒުވާން ފިރިހެނުން ތިމަންކަލާނގެ ދައްކަވާ އަލާމާތްތައް ދެކޭނޭ. އަދި ކަލޭމެންގެ ތެރެއިން ދުވަސްވީ ފިރިހެނުންނަށް ތިމަންކަލާނގެ ދައްކަވާ ހުވަފެންތައް ފެންނާނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:17
38 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އެންމެހާ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ އެންމެހާ ކުދިން އަހަރެންގެ ކައިރިއަށް އައިސްބަލަ. އަދި މުސްތަޤުބަލުގައި ތިޔަ ކުދިންނާއި މެދުގައި ކަންތައްތައް ވާނެ ގޮތް އަހަރެން ބުނެދޭނަމު.⁠“


ދުނިޔެ އަނިޔާވެރިކަމާއި ނުބައިނުލަފާކަމުގެ ތެރެއަށް ވެއްޓިފައިވާ މިންވަރު މާތްކަލާނގެ ދެކެވޮޑިގެންވިއެވެ.


ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ. އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ. އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ.


އޭރުން މާތްރަސްކަލާނގެ މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށް ދެއްވާނެ ދިންނެވުން ކަލޭމެންނަށް ވެސް ހާމަކުރައްވާނެއޭ.⁠‘⁠“


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި މީސްތަކުންނަށް ނިމުންނުވާ ދިރިހުރުން ދިނުމުގެ އިޚުތިޔާރުވަނީ އަޅުގަނޑަށް ދެއްވާފައި.


އީސާގެފާނު އުތުރި އަރަމުން ދާ ދިރުން ލިބޭ ފެން އާރެކޭ ވިދާޅުވެ އެ އިޝާރާތް ކުރެއްވީ މާތްރަސްކަލާނގެ މާތްރޫޙުފުޅަށެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަދި މާތްރޫޙުފުޅެއް ނުދެއްވެއެވެ. އޭރު އަދި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުގެ މަޤާމު ފުޅަށް އިސްވެ ވަޑައެއް ނުގަންނަވައެވެ.


މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ ބަޔަކަށް ދެއްވި ތަން ދެކެ ޕަތަރަސްއާއި އެކު އައި އީސާގެފާނަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ހައިރާންވިއެވެ.


އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ.


އޭގެ ތެރެއިން އެކަކު ކަމުގައި ވީ އަގާބުސް އޭ ނަމަކަށް ކިޔުނު މީހަކު ތެދުވެ މާތްރޫޙުފުޅުގެ ބާރުގެ ދަށުން އެންމެންނާ މުޚާޠަބުކޮށް ބުންޏެވެ: ”⁠މުޅި ދުނިޔެއަށް ވަރަށް ބޮޑު ތަދެއް އެބަ ކުރިމަތިވެއެވެ.⁠“ (މި ތަދު ކުރިމަތިވީ ކުލާއުދިއުސް ގެ ރަސްކަމުގެ ދުވަސްވަރުއެވެ.)


އެދުވަހުން ތިމަންކަލާނގެ ކިބަފުޅަށް ޚިދުމަތް ކުރާ އަޅުންގެ ތެރެއިން ފިރިހެނުންނަށާއި އަންހެނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ދެއްވާނަމޭ. އެ ރޫޙުފުޅު ލިބުމުން އެމީހުން ތިމަންކަލާނގެ ވަޙީ ބަސްފުޅުތައް ހާމަކޮށްދޭނޭ.


މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.


އޭނާގެ އަދި މީހަކާ ނީންނަ ބޮޑުވެފައިވާ ހަތަރު އަންހެންދަރިން ވިއެވެ. އެ ހަތަރު ކުދިން ވެސް މާތްރަސްކަލާނގެ އަންގަވަމުން ދިޔަ ވަޙީ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ.


އެކަމަކު މިފަހު ޒަމާނުގައި އަހަރެމެންނަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވީ އެކަލާނގެ ދަރިކަލުން މެދުވެރި ކުރައްވައެވެ. އާލަމްތަކުގައި ވާހައި ތަކެއްޗެއް މިދަރިކަލުން މެދުވެރި ކުރައްވާ އުފައްދަވައި އެހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް އެކަލާނގެ ލެއްވެވީ ވެސް އެކަލޭގެފާނެވެ.


އަދި ކަލޭމެންގެ އަތުގައި ހުރި ރަންރިހީގެ މަޢުދަންތަކުގައި ވަނީ ދަމިލަ ޖަހާފައެވެ. އެ ދަމިލަ ސާބިތުކޮށްދެނީ ކަލޭމެންގެ ނުބައިކަމެވެ. އަދި ކަލޭމެންގެ ހަށިތައް އަލިފާނުގައި އަދައިގެންދާ ފަދައިން އެ ތަކެތި ވާނެއެވެ. ކަލޭމެންނަށް ލިބިގެންވީ ޚަޒާނާތައް އެންމެ ފަހު ޒަމާނަށް ރައްކާކުރެވިފައިވެއެވެ.


ނަމަވެސް ތިޔަބައިމީހުން ވިސްނައި ބަލަންވީ ފަހު ޒަމާނުގައި ހިނގައިދާނެ ޙާދިސާތަކަށެވެ. މިސްތަކުން އެބައިމީހުންގެ އަމިއްލަ ފާހިޝް އެދުން ފިޔަވައި އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. އަދި އެމީހުން ތިޔަބައިމީހުންނަށް މަލާމާތްކޮށް ހީނ ހަދައި މިފަދައިން ތިޔަބައިމީހުންނަށް ޒުވާބުދޭނެއެވެ: ”⁠އީސާގެފާނު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ވަޢުދުފުޅު ނުކުރައްވާތަ؟ އެކަލޭގެފާނު ކޮބައިތަ؟ އަހަރެމެންގެ ކާބަފައިން ނިޔާވެ ވަޅުލެވިދިޔަ. ނަމަވެސް ދުނިޔެ އުފެއްދެވީއްސުރެން ފުރަތަމަ ދުވަހެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ