Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:14 - ކިތާބުލް މުޤައްދަސާ

14 ޕަތަރަސް، އީސާގެފާނުގެ އަނެއް އެގާރަ މަންދޫބުންނާއި އެކު، ކޮޅަށް ތެދުވެ އެއްވެފައިވާ މީހުންނާއި މުޚާޠަބުކޮށް ބާރަށް ވާހަކަދައްކަން ފެށިއެވެ. ”⁠އެކުވެރިންނާއި ޖެރޫސަލަމަށް ވަޑައިގެން ތިއްބެވި އެންމެ ހާ ބޭފުޅުންނޭ! އަޅުގަނޑު މިބުނާ ވާހަކަތަކަށް ކަނުލާ ސަމާލުކަން ދެއްވާ އަޑު އައްސަވާ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:14
18 ပူးပေါင်းရင်းမြစ်များ  

ވީމާ މަގޭ ދަރިންނޭވެ. އަހަންނަށް ސަމާލުކަން ދޭށެވެ. އަހަރެން ބުނާގޮތް ހެދުމުން ކަލޭމެންނަށް އުފާ ލިބޭނެއެވެ.


އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


ދެން އެމީހުން މި ދެމީހުންގެ ތެރެއިން ހޮވޭނެ މީހަކު ބެލުމަށް ގުރުއަތުލިއެވެ. އެ ގުރުއަތުން ޔުދާސްގެ މަޤާމަށް ހޮވުނީ މައްތިޔާސް އެވެ. ދެން މައްތިޔާސް އަނެއް އެގާރަ މަންދޫބުންގެ ތެރެއަށް ބާރަވަނަ މަންދޫބެއްގެ ގޮތުން އިތުރު ކުރެވުނެވެ.


ދެން ޕައުލް ތެދުވެ އެމީހުންނަށް އަޑު މަޑު ކުރުމަށް އިޝާރާތް ކުރުމަށް ފަހު ވާހަކަދައްކަން ފެށިއެވެ. ”⁠ބަނީއިސްރާއީލުގެ އެންމެހާ މީހުންނާ އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އެންމެހައި މީސްތަކުންނޭ އަޑުއަހާ.


އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.


ދެން އެމީހުން ބުންޏެވެ. ”⁠ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުން ދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.⁠“


މި ގަމަލީލު އެ ކޯޓުގެ މީހުންނަށް މުޚާޠަބުކޮށް ބުންޏެވެ. ”⁠ބަނީއިސްރާއީލު މީސްތަކުންނޭ. ތިޔަބައިމީހުން މިމީހުންނާއި މެދު ކަންތައްތައް ކުރަން ތިޔަ ޤަސްތު ކުރާ ގޮތާއި މެދު ވަރަށް ބޮޑަށް ވިސްނާ ބަލާތި.


އިސްތިފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އިއްޒަތްތެރި އެންމެ ހާ އަޚުންނޭ، އައްސަވާ. އިބްރާހީމްގެފާނު ޙާރާންއަށް ވަޑައިގަތުމުގެ ކުރިން މެސޮޕޮޓޭމިއާގައި އަޅުގަނޑުމެންގެ މަތިވެރި ރަސްކަލާނގެ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ފާޅުވެ ވަޑައިގެންނެވި.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ