13 އަދި އަނެއްބަޔަކު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުންނަށް މަލާމަތް ކޮށް ބުންޏެވެ. ”އެމީހުން އެއުޅެނީ ރާބޮއިގެން އަމަލު ވެގެން.“
ތިޔަ ހީ ކުރި ފަދައިން މިމީހުން މި ވަނީ ރާބޮއިގެން އަމަލު ވެފައެއް ނޫން. އެހެން ވާނީ ކިހިނެއް؟ އަދި ކިރިޔާ އެޖެހީ ހެނދުނު ނުވައެއް. ތިޔަ ބޭފުޅުންނަށް ތިޔަ ފެންނަ ކަންތައްތަކާ ތިޔަ އިވޭ އަޑުތަކަކީ އިހުޒަމާނުގެ ނަބީބޭކަލަކު ކަމުގައިވާ ޔޮއެލް މެދުވެރިކުރައްވާ މާތްރަސްކަލާނގެ އެންގެވި ކަންތައް.
ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.
”ނޫން ސާހިބާ! އަޅުގަނޑު މީ ހިތްދަތި ވެފައިވާ ނިކަމެތި އަންހެނަކީން. އަޅުގަނޑުގެ ހިތުގައިވާ ހިތާމަތަކުގެ ވާހަކަ މާތްރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަނީ. އަޅުގަނޑު ރަލެއް ވެސް އަދި އެފަދަ މަސްތުވާ އެއްޗެއް ވެސް ނުބޮން.