Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 2:12 - ކިތާބުލް މުޤައްދަސާ

12 އެމީހުން ހައިރާންވެ މި ވާނުވާއެއް ނޭނގި އެކަކު އަނެކަކު ކުރެން ސުވާލު ކުރިއެވެ. ”⁠މި ވަނީ ކިހިނެއް ހޭ؟ މި ކަންތައްތަކުގެ މާނައަކީ ކޮބާ ހޭ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 2:12
8 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ ނިމުމުން އެއްވެފައި ތިބި މީހުން އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމާއި މެދު ހައިރާންވިއެވެ.


ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


އެތަނުގައި ވީ ނޯކަރަކަށް ގޮވައި ގެނެސް މި ވަނީ ކީއްތޯ އަހާސުވާލު ކުރި.


މީހުންތައް މިހެން ލައިގެން ހިނގާބިނގާ ވެ އުޅޭ އަޑު އިވި މިމީހާ މި ވަނީ ކީއް ހޭ ކިޔާ ގޮވަންފެށުމުން އެމީހުން ބުންޏެވެ.


ޕަތަރަސް މި ފެނިދިޔަ ކަންތަކާ މެދު ހައިރާންވެ ވިސްނަން އިނެވެ. އަދި ހަމަ އެވަގުތު ކޮރުނޭލިޔުސް ފޮނުވި މީހުން ވެސް އެ ގެ ހޯދައިގެން އައިސް އެގޭގެ ދޮރުމަތީގައި ތިއްބެވެ.


ތިޔަ ދައްކާ ބައެއް ވާހަކަތަކަކީ އަހަރެމެން އަދި ދުވަހަކު ވެސް އަހާފައި ނުވާ އާ ވާހަކަތަކެއް. އެހެން ކަމުން އޭގެ މާނައަކީ ކޮބައިކަން ބަލަން އަހަރެމެން ބޭނުން.⁠“


އެމީހުން މި ކަންތައްތަކުން ހައިރާންވެ ބުންޏެވެ. ”⁠މި ވަނީ ކިހިނެއް؟ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން މިހާ ފުރިހަމަކޮށް ވާހަކަ ދައްކާ މިއެންމެންނަކީ ގަލީލީގެ މީހުންނެއް ނޫންތަ؟ އަހަރެމެންނަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން. އެކަމަކު އަހަރެމެންނަށް މިއިވެނީ އަހަރެމެންގެ އަމިއްލަ ބަސްތަކުން މިމީހުން ވާހަކަ ދައްކާ އަޑު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ