Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:8 - ކިތާބުލް މުޤައްދަސާ

8 ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:8
17 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.


ބަރުނައްބާސް އާއި ޕައުލް އެމީހުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެމީހުން ޕެރުގާއިން އެއްގަމު މަގުން ދަތުރުކޮށް ޕިސީދިޔާގެ ރަށެއް ކަމުގައިވާ އަންތީޔޮކުއަށް ދިޔައެވެ. ސަބަތުގެ ދުވަހުގައި އެމީހުން އެރަށުގައިވާ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށް ގޮސް އެތަނުގައި އިށީނެވެ.


ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


ޕައުލް އާއި ބަރުނައްބާސް އިކޯނިޔުމްގައި ވެސް ހަމަ އަންތީޔޮކުގައި ކަން ކުރި ފަދައިން ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ބަސްފުޅުތަކާ މެދު ވަރަށް ފުރިހަމަ ކަމާއިއެކު ވާހަކަ ދެއްކިއެވެ. މި ބަސްތައް އަޑު އެހި އެތައް ބަނީއިސްރާއީލު މީހުންނާއި އަދި އެހެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެންވީ މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ.


ދެން ޕައުލް ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ގޮސް އެތާނގައި ވާ ބަނީއިސްރާއީލު މީހުންނާ އަދި އެތަނަށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އީސާގެފާނާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އަދި ކޮންމެ ދުވަހަކު އެރަށުގެ ބޮޑު ބާޒާރުގައި ވެސް އެތަނަށް އައްޔާ އައި ހާ ބަޔަކު ގާތު ވެސް މިފަދައިން ވާހަކަ ދައްކަމުން ގެންދިޔައެވެ.


އެމީހުން ދަތުރުކޮށް ދިޔަ އޮޑި އެފޭސުސްއަށް ލެފުމުން އެމީހުން އެރަށަށް ފޭބިއެވެ. ދެން ޕައުލް ދިޔައީ އެރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށެވެ. އެތަނަށް އަންނަ މީހުންނާއި ވާހަކަ ދެއްކުމަށެވެ. ދެން އަކީލާ އާއި ޕްރިސިލާ އެރަށުގައި މަޑުކުރިއެވެ.


އަކީލާއަށާއި ޕްރިސިލާއަށް އަޕޯލޮސް ދީނީ މަރުކަޒުގައި ކެރިގެން އީސާގެފާނާއި މެދު ވާހަކަދެއްކި އަޑު އިވުނެވެ. ދެން އެމީހުން އަޕޯލޮސް އެމީހުންގެ ގެއަށް ގެންގޮސް އީސާގެފާނު އަންގަވައި ދެއްވި މާތްރަސްކަލާނގެ ބަސްފުޅާއި މެދު އޭނާއަށް އިތުރަށް އަންގައިދީ ކިޔަވާދިނެވެ.


އަދި ކޮންމެ ސަބަތުގެ ދުވަހެއްގައި ޕައުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒުގައި ބަނީއިސްރާއީލު މީހުންނާއި އަދި އެހެން މީހުންނާއި ވެސް މާތްރަސްކަލާނގެ އާއި މެދު ވާހަކަދައްކާ އެމީހުން އެކަލާނގެ މަގަށް އެނބުރުމަށް މަސައްކަތް ކުރިއެވެ.


ޕައުލް މި ގޮތަށް ދެ އަހަރު ދުވަސް ވަންދެން އެތާނގައި މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އެހެންކަމުން މުޅި އޭޝިޔާގެ ސަރަހައްދުގެ ބަނީއިސްރާއީލު މީހުންނަށާއި އަދި ގުރީކު މީހުންނަށް ވެސް މާތްސާހިބާ އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު އިވުނެވެ.


މިމީހުންގެ އަދަދަކީ ބާރަ މީހުން ކަމުގައި ވިއެވެ.


ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން މި ކަންތައްތަކާ ދެކޮޅުވެ ހަރުކަށިވެ އީސާގެފާނު އެންގެވި މަގާއި މެދު ނުރުހި އެކަމާއި ބެހޭ ގޮތުން އެމީހުން ދޮގު ނަހަމަ ވާހަކަތައް އެންމެންގެ މެދުގައި ފަތުރަމުން ދިޔައެވެ. އެހެން ކަމުން ޕައުލް އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގޮވައިގެން އެ ދީނީ މަރުކަޒު ދޫކޮށް ދިޔައެވެ. ދެން ޕައުލް ދިޔައީ އެ ރަށުގެ ތިރާނުސް އޭ ކިޔުނު މީހަކު ހިންގި ސުކޫލެއްގެ އިމާރާތަކަށެވެ. އެތާނގައި ކޮންމެ ދުވަހަކު ޕައުލް މީސްތަކުންނަށް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދީ ކިޔަވައިދެމުން ގެންދިޔައެވެ.


އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ.


ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ.


މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ