5 އެމީހުންނަށް މި ވާހަކަތައް ހަމަ އިވުމާއި އެކު އެމީހުން އީސާގެފާނުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނައިގަތެވެ.
ދެން ޕަތަރަސް މި އެންމެން އީސާ އަލްމަސީޙުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނެވުމަށް އެންގިއެވެ. އަދި އެމީހުން އެދުނީ ޕަތަރަސް ދެތިން ދުވަހު އެމީހުންގެ ކާރީ އެ ރަށުގައި މަޑު ކޮށްދިނުމަށެވެ.
ޕަތަރަސް ބުންޏެވެ. ”ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.
ނަމަވެސް ފިލިޕު އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުންނާ އަދި އީސާ އަލްމަސީޙާ ބެހޭ ގޮތުން އަންގައިދިނުމުން އެ ރަށުގެ އެތައް ފިރިހެނުންނާއި އަންހެނުންނެއް ފިލިޕުގެ ބަސް ގަބޫލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ.
މި އެންމެން ވެސް ވަނީ މަތިވެރި ސާހިބު އީސާގެފާނުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނެވިފައެވެ. ނަމަވެސް އަދި އޭރަކު އެމީހުންނަކަށް މާތްރޫޙުފުޅެއް ނުދެއްވައެވެ.