Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:38 - ކިތާބުލް މުޤައްދަސާ

38 ދިމެތުރިސް އާއި އޭނާއާއި އެކު މަސައްކަތް ކުރާ މީހުން އެމީހުންނާއި މެދު ދަޢުވާކުރަން ބޭނުންނަމަ، އެމީހުންނަށް އެ ދަޢުވާކުރަން ދެވޭނެ ކޯޓުތަކާ ފަނޑިޔާރުން މި ރަށުގައި އެބަވެއޭ. ވީއިރު އެމީހުން އެތަނަށް ގޮސް އެ ދަޢުވާކުރަން ދޫކޮށްލާށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:38
8 ပူးပေါင်းရင်းမြစ်များ  

ގަވަރުނަރަށް މި ކަންތައްތައް ފެނިގެން ދިއުމުން އޭނާ މާތްރަސްކަލާނގެ ބަސްފުޅުތައް ގަބޫލުކޮށް އީސާގެފާނަށް އީމާންވިއެވެ. އަދި މާތްރަސްކަލާނގެ ބަސްފުޅުތަކާއި މެދު އެނގި ދަސްވި ކަންތަކުގެ ސަބަބުން އޭނާ ވަރަށް ހައިރާންވިއެވެ.


މީނާ އެ ރަށުގެ ގަވަރުނަރު ކަމުގައި ހުރި ސާރިޖު ޕައުލުސް ގެ ގާތުގައި އޭނާއަށް ޚިދުމަތް ކުރުމުގައި އުޅުނެވެ. ސާރިޖު ޕައުލުސް އަކީ ވިސްނުންތެރި މީހެކެވެ. މީނާ ބަރުނައްބާސް އާއި ޝާއުލްގެ ކިބައިން އޭނާގެ ގާތަށް އައުމަށް އެދުނެވެ. އެއީ އޭނާ ވެސް ބޭނުންވީ އެމީހުން އެ ކިޔާދެމުން ދާ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އެހުމަށެވެ.


ނަމަވެސް އެލިމާހު މި ކަމާއި ދެކޮޅުހެދިއެވެ. (އެލިމާހު މިއީ ގުރީކު ބަހުން ބަރުޔޭޝުގެ ނަމެވެ. މި ބަހުގެ މާނައަކީ ފަންޑިތަވެރިޔާއެވެ.) ގަވަރުނަރު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އީސާގެފާނު ގަބޫލު ކުރުމުން ދުރު ކުރުވުމަށް މި ބަރުޔޭޝު ގަދައަޅާ މަސައްކަތް ކުރިއެވެ.


ޕައުލް އޭނާގެ ދިފާއުގައި އެއްޗެއް ބުނަން ހަމަ އަނގަހުޅުވާލި ހިނދު ގާލިއޯ ޕައުލް ކުށްވެރި ކުރަމުން ދިޔަ މީހުންނާ ދިމާއަށް ބުންޏެވެ. ”⁠އޭ ބަނީއިސްރާއީލު މީހުންނޭ، ކަލޭމެން ތިޔަ މީހާ ތިޔަ ގެނައީ އޭނާ ކުރި ކުށެއް ނުވަތަ އެނޫން ވެސް އެހެން ނުބައިކަމެއްގެ ސަބަބުން ނަމަ ކަލޭމެން ބަނީއިސްރާއީލު މީހުންގެ ވާހަކަތައް އަހަރެން ޖެހޭނީ އަހާ އެ ކަމާދޭތެރޭ ބަލާށޭ.


މި ކަން ފެށުނީ އެ ރަށުގައި އުޅުނު ދިމެތުރިސް އޭކިޔުނު މީހެއްގެ ސަބަބުންނެވެ. މިމީހާއަކީ ގުރީކު މީހުންގެ އަންހެން ކަލާނގެއެއް ކަމުގައިވާ އަރުތޭމިސް އޭ ކިޔުނު ކަލާނގެ ފައްޅީގެ ކުދި މޮޑެލްތައް ރިހިން ހަދައިގެން ވިއްކުމުގެ ވަރަށް ބޮޑު ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާގެ މުއައްޒިފުންގެ ގޮތުގައި ވެސް އެތައް ބައިވަރު ބަޔަކު މި ފައްޅީގެ ކުދި މޮޑެލްތައް ހެދުމުގެ އަތްތެރި މަސައްކަތް ކުރުމުގައި އުޅުނެވެ.


އަދި މީގެ އިތުރުން ވެސް ކަލޭމެން އެމީހުންނާއި މެދު ކުރަން ބޭނުން ދަޢުވާއެއް ނުވަތަ ޝަކުވާއެއް ވާނަމަ، ދެން އެ ކަންތައް ޖެހޭނީ ރަށުގެ އެންމެ ހާ ރައްޔިތުންގެ އެއްވުމެއް ގަވާއިދުން ބާއްވާ އެކަން އެމީހުންގެ ކުރިމައްޗަށް ހުށައަޅާ އެކަމާ ވާހަކަދައްކާށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ