މަންދޫބުންގެ މަސައްކަތް 19:34 - ކިތާބުލް މުޤައްދަސާ34 ނަމަވެސް މީސްތަކުންނަށް މި އިސްކަންދަރަކީ ބަނީއިސްރާއީލު މީހެއްކަން އެނގުމުން ދެ ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި އެއް އަޑުން އެފޭސުސްގެ އަރުތޭމިސް ކަލާނގެ މަތިވެރިއޭ ކިޔާ ހަޅޭއްލަވަމުން ގެންދިޔައެވެ. အခန်းကိုကြည့်ပါ။ |
މި ކަން ފެށުނީ އެ ރަށުގައި އުޅުނު ދިމެތުރިސް އޭކިޔުނު މީހެއްގެ ސަބަބުންނެވެ. މިމީހާއަކީ ގުރީކު މީހުންގެ އަންހެން ކަލާނގެއެއް ކަމުގައިވާ އަރުތޭމިސް އޭ ކިޔުނު ކަލާނގެ ފައްޅީގެ ކުދި މޮޑެލްތައް ރިހިން ހަދައިގެން ވިއްކުމުގެ ވަރަށް ބޮޑު ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާގެ މުއައްޒިފުންގެ ގޮތުގައި ވެސް އެތައް ބައިވަރު ބަޔަކު މި ފައްޅީގެ ކުދި މޮޑެލްތައް ހެދުމުގެ އަތްތެރި މަސައްކަތް ކުރުމުގައި އުޅުނެވެ.
ތިޔަ އެންމެންނަށް ވެސް އަޑު އިވި އެނގިފައި ވާނޭ ފަދައިން މި ޕައުލް އޭ ކިޔުނު މީހާ އެންމެން ކާރީ ބުނަމުން އެދަނީ އަތުން ހަދާފައިވާ ކަލާނގެތަކަކީ ކަލާނގެއެއް ނޫން ކަމުގައޭ. އަދި މި ކަންތައްތައް މި ފަދައިން ވަމުން ދަނީ ހަމައެކަނި އެފޭސުސްއަކު ނޫނޭ. މުޅި މި ސަރަހައްދުގައި ވެސް މި ކަންތައްތައް މި ފަދައިން ފެތުރެމުން އެބަދެއޭ.
އެތާނގައިވާ ބައެއް ބަނީއިސްރާއީލު މީހުން އިސްކަންދަރުއޭ ނަމަކަށް ކިޔުނު މީހަކު އެންމެންގެ ކުރިމައްޗަށް ނެރުނެވެ. އަދި އޭނާއަށް މި ވެގެން އުޅޭގޮތް މީސްތަކުންނަށް އަންގާ އޮޅުންފިލުވާ ދީ މިކަމަކީ މިއީ ބަނީއިސްރާއީލު މީހުންނާއި ބެހޭ ކަމެއް ނޫންކަން ކިޔާދިނުމަށް އެންގިއެވެ. ދެން މި އިސްކަންދަރު އަތުން އިޝާރާތް ކޮށް މީސްތަކުންނަށް މަޑުވުމަށް އަންގާ އެމީހުންނަށް މިކަން އޮޅުންފިލުވާ ދިނުމަށްޓަކައި ވާހަކަ ދެއްކުމަށް މަސައްކަތް ކުރިއެވެ.
ދެން އެންމެފަހުން އެ ރަށުގެ ވެރިއަކު އެތަނަށް އައިސް މީސްތަކުން މައިތިރިކުރިއެވެ. ދެން އޭނާ އެމީހުންނަށް ބުންޏެވެ. ”އޭ އެފޭސުސްގެ މީސްތަކުންނޭ، އެފޭސުސްއަކީ އަރުތޭމިސް ކަލާނގެ އެންމެ މުހިންމު ފައްޅި ވާ އަދި އެކަލާނގެއަށް އަޅުކަން ކުރެވޭ ތަންތަނުގެ ވެރިރަށް ކަން ނޭނގެނީ ކާކަށް ހޭ؟ އަދި އެކަލާނގެ ސިފަފުޅުގައި ސީދާ އުޑުން ވެއްޓުނު ހިލަގަނޑު ވެސް ވަނީ މި ރަށުގައި ކަން ވެސް ނޭނގެނީ ކާކަށް ހޭ؟