Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:33 - ކިތާބުލް މުޤައްދަސާ

33 އެތާނގައިވާ ބައެއް ބަނީއިސްރާއީލު މީހުން އިސްކަންދަރުއޭ ނަމަކަށް ކިޔުނު މީހަކު އެންމެންގެ ކުރިމައްޗަށް ނެރުނެވެ. އަދި އޭނާއަށް މި ވެގެން އުޅޭގޮތް މީސްތަކުންނަށް އަންގާ އޮޅުންފިލުވާ ދީ މިކަމަކީ މިއީ ބަނީއިސްރާއީލު މީހުންނާއި ބެހޭ ކަމެއް ނޫންކަން ކިޔާދިނުމަށް އެންގިއެވެ. ދެން މި އިސްކަންދަރު އަތުން އިޝާރާތް ކޮށް މީސްތަކުންނަށް މަޑުވުމަށް އަންގާ އެމީހުންނަށް މިކަން އޮޅުންފިލުވާ ދިނުމަށްޓަކައި ވާހަކަ ދެއްކުމަށް މަސައްކަތް ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:33
11 ပူးပေါင်းရင်းမြစ်များ  

ޒަކަރިއްޔާ ނުކުތްއިރު އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ އަތުން ކުރާ އިޝާރާތްތަކުން އެބައިމީހުންނަށް އެނގުނީ އޭނާ އެތެރޭގައި ވަނިކޮށް މާތްރަސްކަލާނގެ އޭނާއަށް ވަޙީފުޅެއް ފޮނުއްވައިފިކަމެވެ. ނަމަވެސް އޭނާއަށް ވާހަކަ ނުދެއްކޭ ކަމުން މި ވާހަކަތައް އެހެން މީހުންނަކަށް ކިޔައެއް ނުދެވުނެވެ.


ޕަތަރަސް އެމީހުންނަށް އަޑުގަދަ ނުކުރުމަށް އިޝާރާތް ކުރިއެވެ. ދެން މާތްރަސްކަލާނގެ އޭނާ ޖަލުން ނެރުއްވި ގޮތުގެ ވާހަކަ އެމީހުންނަށް ކިޔާދިނެވެ. ޕަތަރަސް ބުންޏެވެ. ”⁠ޔާމިޒު އާއި އެހެން އެންމެންނަށް ވެސް މި ވާހަކަތައް ކަލޭމެން ކިޔާދޭތި.⁠“ ދެން އޭނާ އެތަނުން އެހެންތާކަށް ދިޔައެވެ.


ދެން ޕައުލް ތެދުވެ އެމީހުންނަށް އަޑު މަޑު ކުރުމަށް އިޝާރާތް ކުރުމަށް ފަހު ވާހަކަދައްކަން ފެށިއެވެ. ”⁠ބަނީއިސްރާއީލުގެ އެންމެހާ މީހުންނާ އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އެންމެހައި މީސްތަކުންނޭ އަޑުއަހާ.


ނަމަވެސް މީސްތަކުންނަށް މި އިސްކަންދަރަކީ ބަނީއިސްރާއީލު މީހެއްކަން އެނގުމުން ދެ ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި އެއް އަޑުން އެފޭސުސްގެ އަރުތޭމިސް ކަލާނގެ މަތިވެރިއޭ ކިޔާ ހަޅޭއްލަވަމުން ގެންދިޔައެވެ.


ދެން ސިފައިންގެ ކޮމާންޑަރު ހުއްދަދެއްވުމުން އެ އިމާރާތަށް އަރަން ހުރި ބޮޑު ސިޑިބަރީގެ މަތީގައި ހުރެ ޕައުލް މީސްތަކުންނަށް އަތުން އިޝާރާތް ކޮށް އަޑުމަޑުކޮށް މައިތިރިވުމަށް އެދުނެވެ. އެމީހުން މައިތިރިވުމުން ޕައުލް އެމީހުންގެ އަމިއްލަ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ.


ދެން ގަވަރުނަރު ފެލިކުސް އަތުން އިޝާރާތް ކުރައްވާ ޕައުލް އަށް ވާހަކަދެއްކުމަށް އެންގެވިއެވެ. ޕައުލް މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”⁠ތިޔަބޭފުޅާއަކީ މި ސަރަހައްދުގެ ވެރިކަން ކުރައްވާތާ އެތަން އަހަރެއް ވެފައިވާ ބޭފުޅެއްކަން އަޅުގަނޑަށް އެނގޭ. އެހެން ކަމުން އަޅުގަނޑު ތިޔަބޭފުޅާގެ ކުރިފުޅުމަތީ އަޅުގަނޑުގެ ދިފާއު މި ހުށައަޅަނީ ޔަޤީންކަމާއި އެކުގަ.


ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.


ހިމެނޭހު އާއި އިސްކަންދަރު މިކަމުގެ ދެ މިސާލަކަށް ފުދޭނެއެވެ. އެ ދެމީހުން ޝައިތާނާގެ މަގުން ދިއުމަށް އަހަރެން ދޫކޮށްލީ މާތްރަސްކަލާނގެއަށް ކުފުރު ވުމުން ރަނގަޅު ފިލާވަޅެއް ދޭހަކޮށް ދިނުމަށްޓަކައެވެ.


ކަފުލޮއިގެ މަސައްކަތްކުރާ އިސްކަންދަރު ވަރަށް އިހާނެތިކޮށް އަހަންނާއި މެދު އަނިޔާވެރި ވިއެވެ. މާތްސާހިބާ އޭނާގެ އަމަލުތަކަށް ޙައްޤު ޖަޒާ ދެއްވާނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ