Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:32 - ކިތާބުލް މުޤައްދަސާ

32 އޭރު އެ ތާގައި އެންމެން ހަޅޭއްލަވަމުން ދިޔައެވެ. އެއްބަޔަކު އެކައްޗެއް ގޮވާ ހަޅޭއްލަވަމުން ދިޔައިރު އަނެއްބަޔަކު އަނެއް އެއްޗެއް ކިޔާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ތާގައި ވަނީ ހަމަނުޖެހުމާއި އޮޅުންބޮޅުމެވެ. އެތާނގައި ތިބި ގިނަބަޔަކަށް އެމީހުން އެތަނަށް އެއްވެގެން މި އުޅެނީ ކީއްވެކަން ވެސް އޮޅުން ނުފިލައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:32
6 ပူးပေါင်းရင်းမြစ်များ  

މުޅި ރަށުގައި ހަމަނުޖެހުންފެތުރި ވާނުވާ ނޭނގެން ފެށިއެވެ. ދެން ބަޔަކު ގާޔުސް އާއި އަރިސްތާރުކު އާއި ހިފާ ހައްޔަރުކޮށް އެ ރަށުގެ އެންމެ ބޮޑު ސުޓޭޖު އެޅިފައިވާ ދަނޑަށް ގެންދިޔައެވެ. ގާޔުސް އާއި އަރިސްތާރުކު އަކީ މެސެޑޯނިޔާގެ ދެ މީހުންނެވެ. މި ދެމީހުން އެ ރަށަށް އައީ ޕައުލް އާއި އެކުގައެވެ.


އެ ރަށުގެ ވެރިންގެ ތެރޭގައި ޕައުލްއަށް ހެޔޮއެދޭ ބަޔެއް ވެރިން ވެސް ވިއެވެ. އެމީހުން ވެސް މީހަކު ފޮނުވާ އެތަނަށް ނުދިއުމަށް އެދި ޕައުލްއަށް އާދޭސް ކުރިއެވެ.


މިއަދު މި ވީ ކަންތައްތަކުގެ ސަބަބުން އަހަރެމެންގެ ބޮލުގައި ބަޣާވަތެއް ފެށިކަމުގެ ކުށް ވެސް އެޅިދާނެއޭ. އެ ފަދައިން ކަންވާންވި އެއްވެސް ސަބަބެއް ވެސް ނެތޭ. އަދި މި ހަމަނުޖުހުން މި އުފެދުނީ ކީއްވެކަން ވެސް އަހަރެމެންނަށް ރަނގަޅަށް ބަޔާންކޮށް ދެއްކޭކަށް ނެތޭ.⁠“


އެއްވެފައިވާ މީސްތަކުންގެ ތެރެއިން އެއްބަޔަކު އެކައްޗެކޭ އަދި އަނެއްބަޔަކު އަނެކައްޗެކޭ ކިޔާ ހަޅޭލަވަންފެށިއެވެ. މީސްތަކުންގެ ހަޅޭކުގެ ސަބަބުން ސިފައިންގެ ކޮމާންޑަރަށް މި ވެގެން އުޅޭގޮތެއް އެއްގޮތަކަށް ވެސް އޮޅުން ނުފިލުމުން އޭނާ އެންގީ ޕައުލް ސިފައިން ގެއަށް ގެންދިއުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ