މަންދޫބުންގެ މަސައްކަތް 19:31 - ކިތާބުލް މުޤައްދަސާ31 އެ ރަށުގެ ވެރިންގެ ތެރޭގައި ޕައުލްއަށް ހެޔޮއެދޭ ބަޔެއް ވެރިން ވެސް ވިއެވެ. އެމީހުން ވެސް މީހަކު ފޮނުވާ އެތަނަށް ނުދިއުމަށް އެދި ޕައުލްއަށް އާދޭސް ކުރިއެވެ. အခန်းကိုကြည့်ပါ။ |
އޭރު އެ ތާގައި އެންމެން ހަޅޭއްލަވަމުން ދިޔައެވެ. އެއްބަޔަކު އެކައްޗެއް ގޮވާ ހަޅޭއްލަވަމުން ދިޔައިރު އަނެއްބަޔަކު އަނެއް އެއްޗެއް ކިޔާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ތާގައި ވަނީ ހަމަނުޖެހުމާއި އޮޅުންބޮޅުމެވެ. އެތާނގައި ތިބި ގިނަބަޔަކަށް އެމީހުން އެތަނަށް އެއްވެގެން މި އުޅެނީ ކީއްވެކަން ވެސް އޮޅުން ނުފިލައެވެ.