Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:3 - ކިތާބުލް މުޤައްދަސާ

3 ޕައުލް އެމީހުން ކުރެން ސުވާލު ކުރިއެވެ. ”⁠ވީއިރު ކަލޭމެން ހިނެވުނީ ތައުބާގެ ހިނެވުންތަކުގެ ތެރެއިން ކޮން ތައުބާގެ ހިނެވުމަކުންތަ؟⁠“ އެމީހުން ބުންޏެވެ. ”⁠އަހަރެމެން ހިނައިގަތީ ޔަޙުޔާގެފާނު އަންގަވައި ދެއްވި ތައުބާގެ ހިނެވުމުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:3
8 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“


އެތަނުގައި ތިބި ހުރިހާ އެންމެން، ޓެކްސް ނަގާ މީހުންނަށް ދާންދެން އީސާގެފާނުގެ ވާހަކަފުޅުތަކުގެ އަޑުއަހާ މާތްރަސްކަލާނގެ އެންގެވި މަގު އެއީ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރިއެވެ. އެއީ އެމީހުންނަކީ ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން ހިނަވައި ދެއްވައިފައިވާ މީހުންނެވެ.


އަދި އަޕޯލޮސްއަށް އީސާގެފާނާއި މެދު ވެސް ފުދޭވަރަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެކަލޭގެފާނާއި ބެހޭ ގޮތުން މީނާ މީސްތަކުންނާއި ޖޯޝާއި ފޯރިޔާއި އެކު ވާހަކަ ދައްކަމުން ގެންދިޔައެވެ. ނަމަވެސް އޭނާއަށް އީސާގެފާނާއި ބެހޭ ގޮތުން އެނގިފައި ވަނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި ގޮވާލެއްވުމާ ބެހޭ ގޮތުން އެކަންޏެވެ.


މި އެންމެން ވެސް ވަނީ މަތިވެރި ސާހިބު އީސާގެފާނުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނެވިފައެވެ. ނަމަވެސް އަދި އޭރަކު އެމީހުންނަކަށް މާތްރޫޙުފުޅެއް ނުދެއްވައެވެ.


އަދި ތައުބާގެ ހިނައިގަތުމާއި ގައިގައި އަތް ޖެއްސުމާއި އަލުން ދިރި މަހުޝަރަށް ގެންދެވުމާއި، ހިސާބުބެއްލެވޭނެ ކަމުގެ ވާހަކަ އަލުން ނުދައްކަމާހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ