މަންދޫބުންގެ މަސައްކަތް 19:29 - ކިތާބުލް މުޤައްދަސާ29 މުޅި ރަށުގައި ހަމަނުޖެހުންފެތުރި ވާނުވާ ނޭނގެން ފެށިއެވެ. ދެން ބަޔަކު ގާޔުސް އާއި އަރިސްތާރުކު އާއި ހިފާ ހައްޔަރުކޮށް އެ ރަށުގެ އެންމެ ބޮޑު ސުޓޭޖު އެޅިފައިވާ ދަނޑަށް ގެންދިޔައެވެ. ގާޔުސް އާއި އަރިސްތާރުކު އަކީ މެސެޑޯނިޔާގެ ދެ މީހުންނެވެ. މި ދެމީހުން އެ ރަށަށް އައީ ޕައުލް އާއި އެކުގައެވެ. အခန်းကိုကြည့်ပါ။ |
އޭރު އެ ތާގައި އެންމެން ހަޅޭއްލަވަމުން ދިޔައެވެ. އެއްބަޔަކު އެކައްޗެއް ގޮވާ ހަޅޭއްލަވަމުން ދިޔައިރު އަނެއްބަޔަކު އަނެއް އެއްޗެއް ކިޔާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ތާގައި ވަނީ ހަމަނުޖެހުމާއި އޮޅުންބޮޅުމެވެ. އެތާނގައި ތިބި ގިނަބަޔަކަށް އެމީހުން އެތަނަށް އެއްވެގެން މި އުޅެނީ ކީއްވެކަން ވެސް އޮޅުން ނުފިލައެވެ.
އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.