Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:27 - ކިތާބުލް މުޤައްދަސާ

27 ތިޔަ އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެން މި ކަމާމެދު މި ވާހަކަދައްކަނީ ހަމަ އެކަނި އަހަރެމެންގެ ވިޔަފާރިއަށް އާމުންގެ ކިބައިން ލިބެމުން ދާ ތަރުޙީބު ގެއްލި އެކަމުގެ އަގު ވެއްޓިދާނެތީ އެކައްޏެއް ނޫނޭ. އަހަރެން ކަންބޮޑުވާ ކަމަކީ އަހަރެމެންގެ ބާރުގަދަ މަތިވެރި އަންހެން ކަލާނގެ އަރުތޭމިސްގެ ފައްޅިއަށް ކުރެވޭ އިޙުތިރާމު ގެއްލި ގޮސް އޭޝިޔާގެ ސަރަހައްދުގައާއި އަދި މުޅި ދުނިޔޭގައި ވެސް އެކަލާނގެއަކަށް އަޅުކަން ކުރެވެމުން ދާ މަތިވެރި ލާމަސީލު އަންހެން ކަލާނގެ ކަމުގައިވާ އަރުތޭމިސްގެ ނުފޫޒު ގެއްލި އެކަލާނގެއަށް ކުރެވޭ ޤަދަރު ނެތިގެން ހިނގައި ދާނެތީއޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:27
11 ပူးပေါင်းရင်းမြစ်များ  

”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދުވާ ހެޔޮޚަބަރުފުޅު މުޅި ދުނިޔެއަށް އިއްވެމުން ދާނެ. އެއީ ހުރިހާ ގައުމަކަށް މިބަސްފުޅު ފޯރުވުމަށްޓަކައި. ނިމުން އަންނާނީ އޭގެފަހުން.⁠“


ޕައުލް މި ގޮތަށް ދެ އަހަރު ދުވަސް ވަންދެން އެތާނގައި މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އެހެންކަމުން މުޅި އޭޝިޔާގެ ސަރަހައްދުގެ ބަނީއިސްރާއީލު މީހުންނަށާއި އަދި ގުރީކު މީހުންނަށް ވެސް މާތްސާހިބާ އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު އިވުނެވެ.


ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“


މިފަދަ އެދުރުން އަބަދުވެސް މައްސަލަތައް ކުރިމަތި ކުރުވައެވެ. އެއީ އެބައިމީހުންގެ ބުއްދި ހައިޖާނު ހައްދާތީއެވެ. އަދި ތެދު ބުނުމުން މިފަދަ އެދުރުން ވަނީ އެއްކިބާ ވެގެންނެވެ. މިފަދަ އެދުރުން ދެކޭގޮތުގައި ދީނަކީ މުއްސަނދި ވުމަށް އޮތް މަގެކެވެ.


އަހަރެމެންނަކީ މާތްކަލާނގެ ދަރިންކަން އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އަހަރެމެންގެ ވަށައިގެންވާ ދުނިޔެ މިވަނީ ޝައިތާނާގެ ބާރުގެ ދަށުގައެވެ.


ކަނޑު ދާއްބައިގެ ބޯތަކުން އެއް ބޯ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެ މަރުވެފައިވާ ފަދައިންނެވެ. ނަމަވެސް އެ ޒަޚަމް ފަސޭހަ ވިއެވެ. މުޅި ދުނިޔެ އެކަމާއިމެދު އަޖާއިބުވެ ހައިރާންވިއެވެ. އަދި އެމީހުން އެ ކަނޑު ދާއްބައަށް ތަބާވިއެވެ.


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


އެއަށް ފަހު ތިންވަނަ މަލާއިކަތާ ކުރީގެ ދެ މަލާއިކަތުންގެ ފަސްފަހަތުން މިފަދައިން ހަރުއަޑުން ވިދާޅުވަމުން ވަޑައިގެންނެވިއެވެ. ”⁠އެއްވެސް މީހަކު ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ފާހަގަ ނިތްކުރީގައި ނުވަތަ އަތުގައި ޖެހިގެންވާނަމަ،


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ