Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:25 - ކިތާބުލް މުޤައްދަސާ

25 ދިމެތުރިސް އޭނާގެ މުއައްޒިފުންނާއި އަދިވެސް މި ފަދަ އެހެން ވެސް ވިޔަފާރި ކުރާ މީހުންގެ ކައިރީގައި އުޅޭ އަތްތެރި މަސައްކަތް ކުރާ މީހުން އެއްކުރިއެވެ. އަދި އެމީހުންނަށް މި ފަދައިން މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. ”⁠އެންމެ ހާ އަތްތެރި މަސައްކަތް ކުރާ މީހުންނޭ، ތިޔަ އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެންނަށް ފައިސާއާއި ތަނަވަސްކަން ލިބެމުން ދަނީ މި ވިޔާފާރިންނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:25
8 ပူးပေါင်းရင်းမြစ်များ  

މި އަޅު އަންހެންކުއްޖާ ގެންގުޅުނު މީހުން މި ތަން ފެނުމުން ދެން އިތުރަށް އެކުއްޖާގެ ކިބައިން ފައިސާ ނުހޯދޭނެކަން އެނގުމުން އައި ރުޅިން ޕައުލް އާއި ސިލާހު ހިފަހައްޓާ ހައްޔަރުކޮށްގެން އެރަށުގެ ވެރިންނަށް ދެއްކުމަށް ބޮޑު ބާޒާރަށް ގެންދިޔައެވެ.


މި ކަން ފެށުނީ އެ ރަށުގައި އުޅުނު ދިމެތުރިސް އޭކިޔުނު މީހެއްގެ ސަބަބުންނެވެ. މިމީހާއަކީ ގުރީކު މީހުންގެ އަންހެން ކަލާނގެއެއް ކަމުގައިވާ އަރުތޭމިސް އޭ ކިޔުނު ކަލާނގެ ފައްޅީގެ ކުދި މޮޑެލްތައް ރިހިން ހަދައިގެން ވިއްކުމުގެ ވަރަށް ބޮޑު ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާގެ މުއައްޒިފުންގެ ގޮތުގައި ވެސް އެތައް ބައިވަރު ބަޔަކު މި ފައްޅީގެ ކުދި މޮޑެލްތައް ހެދުމުގެ އަތްތެރި މަސައްކަތް ކުރުމުގައި އުޅުނެވެ.


ތިޔަ އެންމެންނަށް ވެސް އަޑު އިވި އެނގިފައި ވާނޭ ފަދައިން މި ޕައުލް އޭ ކިޔުނު މީހާ އެންމެން ކާރީ ބުނަމުން އެދަނީ އަތުން ހަދާފައިވާ ކަލާނގެތަކަކީ ކަލާނގެއެއް ނޫން ކަމުގައޭ. އަދި މި ކަންތައްތައް މި ފަދައިން ވަމުން ދަނީ ހަމައެކަނި އެފޭސުސްއަކު ނޫނޭ. މުޅި މި ސަރަހައްދުގައި ވެސް މި ކަންތައްތައް މި ފަދައިން ފެތުރެމުން އެބަދެއޭ.


އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.


އެހެނީ ހުރިހާ ޤައުމުތަކެއް ވަނީ އެއަންހެނާގެ ރާ ބޮއި މަސްތުވެފައި. އެއަންހެނާގެ ފާހިޝް ބާރުގަދަ ރަލުގެ ބުއިންތައް ބޮއިފައި. ދުނިޔޭގެ ރަސްރަސްކަލުން އެއަންހެނާއާއެކު ވަނީ ޒިނޭގެ ގުޅުން ހިންގާފައި. އެއަންހެނާގެ ނިމުމެއްނުވާ ލައްޒަތުން ދުނިޔޭގެ ވިޔަފާރިވެރިން ވަނީ މުއްސަނދިވެފައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ