Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:24 - ކިތާބުލް މުޤައްދަސާ

24 މި ކަން ފެށުނީ އެ ރަށުގައި އުޅުނު ދިމެތުރިސް އޭކިޔުނު މީހެއްގެ ސަބަބުންނެވެ. މިމީހާއަކީ ގުރީކު މީހުންގެ އަންހެން ކަލާނގެއެއް ކަމުގައިވާ އަރުތޭމިސް އޭ ކިޔުނު ކަލާނގެ ފައްޅީގެ ކުދި މޮޑެލްތައް ރިހިން ހަދައިގެން ވިއްކުމުގެ ވަރަށް ބޮޑު ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާގެ މުއައްޒިފުންގެ ގޮތުގައި ވެސް އެތައް ބައިވަރު ބަޔަކު މި ފައްޅީގެ ކުދި މޮޑެލްތައް ހެދުމުގެ އަތްތެރި މަސައްކަތް ކުރުމުގައި އުޅުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:24
8 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު އަހަރެމެން އާދަވެގެން ދުޢާ ކުރުމަށް ދާ ކޯރުގެ އައްސޭރިއަށް ދަނިކޮށް ނުބައި ރޫޙެއްގެ ބާރުގެ ދަށުވެފައި ވާ ޒުވާން އަންހެންކުއްޖަކާ ދިމާވިއެވެ. މިއަންހެން ކުއްޖާއަކީ އަޅުއަންހެން ކުއްޖެކެވެ. އަދި މި ކުއްޖާ ފާލުބަލައިގެން އޭނާގެ ވެރިންނަށް އެތައް ބައިވަރު ފައިސާއެއް ވެސް ހޯދާދެއެވެ.


މި އަޅު އަންހެންކުއްޖާ ގެންގުޅުނު މީހުން މި ތަން ފެނުމުން ދެން އިތުރަށް އެކުއްޖާގެ ކިބައިން ފައިސާ ނުހޯދޭނެކަން އެނގުމުން އައި ރުޅިން ޕައުލް އާއި ސިލާހު ހިފަހައްޓާ ހައްޔަރުކޮށްގެން އެރަށުގެ ވެރިންނަށް ދެއްކުމަށް ބޮޑު ބާޒާރަށް ގެންދިޔައެވެ.


ދިމެތުރިސް އޭނާގެ މުއައްޒިފުންނާއި އަދިވެސް މި ފަދަ އެހެން ވެސް ވިޔަފާރި ކުރާ މީހުންގެ ކައިރީގައި އުޅޭ އަތްތެރި މަސައްކަތް ކުރާ މީހުން އެއްކުރިއެވެ. އަދި އެމީހުންނަށް މި ފަދައިން މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. ”⁠އެންމެ ހާ އަތްތެރި މަސައްކަތް ކުރާ މީހުންނޭ، ތިޔަ އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެންނަށް ފައިސާއާއި ތަނަވަސްކަން ލިބެމުން ދަނީ މި ވިޔާފާރިންނޭ.


ދިމެތުރިސް އާއި އޭނާއާއި އެކު މަސައްކަތް ކުރާ މީހުން އެމީހުންނާއި މެދު ދަޢުވާކުރަން ބޭނުންނަމަ، އެމީހުންނަށް އެ ދަޢުވާކުރަން ދެވޭނެ ކޯޓުތަކާ ފަނޑިޔާރުން މި ރަށުގައި އެބަވެއޭ. ވީއިރު އެމީހުން އެތަނަށް ގޮސް އެ ދަޢުވާކުރަން ދޫކޮށްލާށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ