Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:20 - ކިތާބުލް މުޤައްދަސާ

20 މި ފަދަ ގޮތްތަކުގެ މަތިން އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު ބާރުގަދަ ގޮތެއްގައި ފެތުރި ފުޅާ ވަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:20
6 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ބަސްފުޅުތަކާއި އެކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރުފުޅު ފެތުރެމުން ދިޔައެވެ. އަދި އެ ޚަބަރުފުޅު އަހާ އެކަލާނގެއަށް އީމާންވަމުން ދިޔަ މީސްތަކުންގެ އަދަދު އިތުރުވަމުން ދިޔައެވެ.


ގަވަރުނަރަށް މި ކަންތައްތައް ފެނިގެން ދިއުމުން އޭނާ މާތްރަސްކަލާނގެ ބަސްފުޅުތައް ގަބޫލުކޮށް އީސާގެފާނަށް އީމާންވިއެވެ. އަދި މާތްރަސްކަލާނގެ ބަސްފުޅުތަކާއި މެދު އެނގި ދަސްވި ކަންތަކުގެ ސަބަބުން އޭނާ ވަރަށް ހައިރާންވިއެވެ.


ޕައުލް މި ގޮތަށް ދެ އަހަރު ދުވަސް ވަންދެން އެތާނގައި މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އެހެންކަމުން މުޅި އޭޝިޔާގެ ސަރަހައްދުގެ ބަނީއިސްރާއީލު މީހުންނަށާއި އަދި ގުރީކު މީހުންނަށް ވެސް މާތްސާހިބާ އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު އިވުނެވެ.


މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.


އަޚުންނާއި އުޚުތުންނޭވެ! އެންމެފަހުން އަހަރެން ބުނަމެވެ. މާތްސާހިބާގެ ހެޔޮޚަބަރުފުޅު ނުހަނު އަވަހަށް ފެތުރިގެން ދިއުމަށް އެދި އަހަރެމެންނަށްޓަކައި ދުޢާކުރާށެވެ. އަދި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަނެކުން ވެސް އެ ޚަބަރުފުޅާއި މެދު ގަދަރު ކުރާނެހެން ވެސް ދުޢާކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ