މަންދޫބުންގެ މަސައްކަތް 19:2 - ކިތާބުލް މުޤައްދަސާ2 އޭނާ އެމީހުން ކުރެން ސުވާލު ކުރިއެވެ. ”ތިޔަބައިމީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނަށް އީމާންވީ ވަގުތު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވުނު ތަ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”ނޫނޭ. ތިޔަ ދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެއޭ. މާތްރަސްކަލާނގެ މާތްރޫޙުފުޅާ ބެހޭ ގޮތުން އަހަރެމެންނަކަށް އެއްވެސް އެއްޗެއް ނޭނގެއޭ.“ အခန်းကိုကြည့်ပါ။ |
އެކަލާނގެ ނަބީ ޔޮއެލްއަށް ވަޙީ ކުރެއްވި: ’ތިމަންކަލާނގެ އިންސާނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފޮނުއްވާނީ ފަހު ޒަމާނުގެ ދުވަސްވަރު އޭ. އޭރުން ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިން ތިމަންކަލާނގެ އެމީހުންނަށް އަންގަވާ ވަޙީ ބަސްފުޅުތައް ހާމަކޮށްދޭނޭ. ކަލޭމެންގެ ތެރެއިން ޒުވާން ފިރިހެނުން ތިމަންކަލާނގެ ދައްކަވާ އަލާމާތްތައް ދެކޭނޭ. އަދި ކަލޭމެންގެ ތެރެއިން ދުވަސްވީ ފިރިހެނުންނަށް ތިމަންކަލާނގެ ދައްކަވާ ހުވަފެންތައް ފެންނާނޭ.