Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:19 - ކިތާބުލް މުޤައްދަސާ

19 މީގެތެރެއިން ފަންޑިތައިގެ ކަންތައްތައް ކުރަމުން ދިޔަ މީހުން އެމީހުންގެ ފަންޑިތަ ފޮތްތައް ގެނެސް އެންމެންގެ ކުރިމަތީގައި އަލިފާންގަނޑެއް ރޯކޮށް އަންދާލިއެވެ. މި ފޮތްތަކުގެ އަގު އެތަންހާސް ރުފިޔާއެއް ކަމުގައި ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:19
23 ပူးပေါင်းရင်းမြစ်များ  

އެހެންވެ އެ ހުރިހާ އެންމެންގެ އަތުގައި ވީ ބުދުގެ ކަލާނގެތަކާއި އެމީހުންގެ ކަންފަތުގައި ލާފައިވާ އެންމެހާ ކަންފަތު މުދިތަކެއް ޔަޢުޤޫބުގެފާނަށް އެރުވިއެވެ. ދެން ޝަކީމްގެ އަވާށާއި ކައިރީގައި ވީ ބޮޑުގަހެއް ކަމުގައިވާ ކަށިބުރޮޅި ގަހުގެ ދަށުގައި އެތަކެތި އެކަލޭގެފާނު ވަޅުލެއްވިއެވެ.


ދެން ވަޑައިގެން އެމީހުން ގެންގުޅުނު ގެރި އަންދަވައިލައްވައިފި އެވެ. އަދި އެ އެއްޗެހި ހިމުން ފުށަށް ހައްދަވައި ފެނަށް ގިރައި އެ ފެން އެމީހުންނަށް ގަދަކަމުން ބޯން ދެއްވިއެވެ.


ދެން ފިރުޢައުނު އޭނާގެ ބުއްދިވެރިންނާއި ފަންޑިތަވެރިން އެތަނަށް ގެންނަވައިފިއެވެ. އަދި އެމީހުން ވެސް ފަންޑިތައިގެ ބާރުން ވެސް އެކަންތައް ހަމަ އެފަދައިން ކޮށްފިއެވެ.


އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެ ގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ.


ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްޙާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


އަދި އީސާގެފާނު މި މާނަފުން ވާހަކަ ވެސް އެބައިމީހުންނަށް ވިދާޅުވެ ދެއްވިއެވެ. ”⁠މިސާލަކަށް އަންހެނެއްގެ އަތުގައި ރިހި ދިހަލާރި ވި. އަދި މީގެ ތެރެއިން އެއްލާރި ގެއްލުނު. މިހެން ކަންތައް ދިމާވި ހިނދު އެއަންހެން މީހާ ކަންތައް ކުރާނީ ކޮން ފަދައަކުން؟ އޭނާ ބައްތި ދިއްލައި ގޭތެރެ އަލިކޮށް މުޅި ގޭތެރެ ކުނިކަހާ މި ރިހިލާރި ފެނޭތޯ މުޅި ގޭތެރޭގެ ހުރިހާ ތަނެއް ހޯދާނެ.


މި ބައިމީހުން އެ ރަށުގެ ތެރޭގައި ދަތުރުކުރަމުން ގޮސް ޕާފޮސް އާއި ހަމައަށް ދިޔައެވެ. އެ އަވަށުގައި އުޅުނު ބަނީއިސްރާއީލު މީހެއް ކަމުގައި ވީ ބަރުޔޭޝު އޭ ކިޔާ މީހަކާއި އެމީހުންނާއި ދިމާވިއެވެ. މީނާއަކީ ފަންޑިތަވެރިއެކެވެ. އަދި އޭނާ އުޅުނީ ނަބީބޭކަލަކު ކަމުގައި ވެސް ހެދިގެންނެވެ.


ނަމަވެސް އެލިމާހު މި ކަމާއި ދެކޮޅުހެދިއެވެ. (އެލިމާހު މިއީ ގުރީކު ބަހުން ބަރުޔޭޝުގެ ނަމެވެ. މި ބަހުގެ މާނައަކީ ފަންޑިތަވެރިޔާއެވެ.) ގަވަރުނަރު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އީސާގެފާނު ގަބޫލު ކުރުމުން ދުރު ކުރުވުމަށް މި ބަރުޔޭޝު ގަދައަޅާ މަސައްކަތް ކުރިއެވެ.


އީމާންވެގެން ތިބި އެތައް ބަޔަކުމެ ފާޅުގައި އެމީހުން ކޮށްފައިވާ ނުބައިކަންތަކަށް އިޢުތިރާފު ވަމުން ދިޔައެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ