Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:16 - ކިތާބުލް މުޤައްދަސާ

16 ދެން އެ ނުބައި ރޫޙު އަވަލާފައިވާ މީހާ އެމީހުންގެ މައްޗަށް ފުންމައިގަނެ، އެމީހުންގެ ގައިގައި ތަޅާ އަނިޔާ ކުރަން ފެށިއެވެ. ދެން އެމީހުން އެގެއިން ނުކުމެގެން ދުވެދިޔައެވެ. އޭރު އެމީހުންގެ ގައިން ޒަހަމްވެ ލޭ އޮހެރުމުން ދިޔައެވެ. އަދި އެމީހުން ލައިގެން ތިބި އަންނައުނުތައް ވީދި، އެމީހުން ވަނީ އޮރިޔާން ހާލުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:16
8 ပူးပေါင်းရင်းမြစ်များ  

އަދި އެބައިމީހުންނަށް އީސާގެފާނު ހުންނެވި ހިސާބަށް އާދެވުނު އިރު ޖިންނިތަކުގެ ޝިކާރައަކަށްވެ މޮޔަވެފައިވީ މީހާ އޭނާގެ ޢައުރަ ނިވާކޮށްގެން، ސަލާމަތް ބުއްދީގައި ހެޔޮޙާލުގައި، އެތަނުގައި އިންތައް ފެނި އެބައިމީހުން ބިރުގަތެވެ.


އެމީހުން އީސާގެފާނުގެ އަރިހަށް އައިއިރު އެތައް ބައިވަރު ޖިންނިއެއްގެ ސަބަބުން ޖިންނި މޮޔަވެފައި ވީ މީހާ ގައިގައި އަންނައުނު ލައިގެން ބުއްދި ހަމަކަން މަތީ އެތާ އިންތަން ދެކެ މިބައިމީހުން ބިރުގަތެވެ.


އެމީހުން ނުބައިރޫޙެއްގެ ބާރުދަށުވެފައިވީ މީހަކަށް އެހެން ބުނުމުން އޭނާއާއި އަވަލާފައިވާ ނުބައިރޫޙު އެމީހުންނާއި ދިމާލަށް ބުންޏެވެ. ”⁠އަހަރެންނަށް އީސާގެފާނު އެނގޭ. އަދި ޕައުލް އަކީ ކާކުކަން ވެސް އަހަރެންނަށް އެނގޭ. އެކަމަކު ކަލޭމެން ތިޔައީ ކޮން ބައެއް؟⁠“


މި ކަންތަކުގެ ޚަބަރު މުޅި އެފޭސުސް ތެރޭ ވަރަށް އަވަހަށް ފެތުރި ބަނީއިސްރާއީލު މީހުންނަށާ އަދި އެހެން މީހުންނަށް ވެސް މިކަންތައްތައް އެނގުނެވެ. އަދި ހުރުމަތާއި ބިރު މުޅި ރަށުތެރޭގައި ފެތުރި އެންމެން ވެސް އީސާގެފާނުގެ ނަންފުޅަށް ޙުރުމަތްތެރިކޮށް ހިތަންފެށިއެވެ.


ދެން އޭނާ ފުންމައިގެން ދެފައި މައްޗަށް ކޮޅަށް ތެދުވެ ހިނގަން ފެށިއެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ޕަތަރަސްއާއި ޔޫޙަންނާ އާއި އެކު ބައިތުލް މަޤްދިސްގެތެރެއަށް ދިޔައެވެ.


މިނިވަންކަން ދޭނެކަމުގެ ވަޢުދުތައް އެބައިމީހުން ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތައް ވަނީ ފާފަވެރިކަމުގައި މަގުފުރެދި އަޅުވެތިކަމުގައެވެ. ސަބަބަކީ މިފަދައިން ކަންތައްތަކުގެ ބާރުގެ ދަށުގައި ތިޔަބައިމީހުން ވާނަމަ ތިޔަބައިމީހުން ވެސް ވަނީ ހަމަ އެފަދައިން އަޅުވެތިކަމުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ