Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:13 - ކިތާބުލް މުޤައްދަސާ

13 ބަނީއިސްރާއީލު މީހުން ވެސް ނުބައި ރޫޙުތައް އަވަލާފައިވާ މީހުން ރަނގަޅު ކުރަމުން އެކި ރަށްރަށަށް ދަތުރު ކުރަމުން ދިޔައެވެ. މީގެތެރެއިން ބަޔަކު ނުބައި ރޫޙުތަކުގެ ކިބައިން މީސްތަކުން މިންޖު ކުރުމަށް އީސާގެފާނުގެ ނަންފުޅު ބޭނުން ކުރުމަށް މަސައްކަތް ކުރިއެވެ. އެ ގޮތުން އެމީހުން ނުބައިރޫޙުގެ ބާރުގެ ދަށުވެފައިވީ މީހުންނަށް ބުނަމުން ދިޔައެވެ. ”⁠ޕައުލް އެބޭކަލެއްގެ ނަންފުޅުގައި ކިޔަވާދެމުން އެ ދާ ބޭކަލެއް ކަމުގައިވާ އީސާގެފާނުގެ ނަންފުޅުގައި ތިޔަ މީހާ ދޫކޮށް ދިއުމަށް އަހަރެމެން އަމުރުކުރަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:13
15 ပူးပေါင်းရင်းမြစ်များ  

ކަލޭ ދަނޑު ހައްދަން އުޅުނަސް ކަލެއަކަށް އެ ބިމަކުން ފައިދާއެއް ނުލިބޭނެ. ކަލޭ ވާނީ ގެދޮރުނެތި އެތަންމިތަނުގައި ލާހޫރޭ މީހަކަށް.⁠“


މިއަދު އިނބަރަސްކަލާނގެ މިއަޅާ މި ބިމުން ތިޔަ ފޮނުއްވާލައްވަނީ. އަދި މިއަދުން ފެށިގެން މިއަޅާއަށް ޖެހޭނީ އިނބަރަސްކަލާނގެ ކިބަފުޅާ ދުރުގައި ފިލައިގެން އުޅެން. މިއަޅާ ވާނީ ލާހޫރޭ މީހަކުކަމުގައި. މިއަޅާ އެފަދަ ޙާލެއްގައި ވަނިކޮށް މީހަކަށް ފެނިއްޖެ ނަމަ އެމީހަކު މިއަޅާ މަރާ ވެސް ލާނެ.⁠“


އަހަރެން ބަޢަލްޒެބޫލުގެ ބާރުން ޖިންނިތައް ނެރޭ ނަމަ ކަލޭމެންނަށް ތަބާވާ މީހުން ޖިންނިތައް ނެރެނީ ކޮން ބައެއްގެ ބާރުން ތަ؟ ވީއިރު ކަލޭމެންނާއި މެދު އިންސާފު ކުރާނީ އެބަޔަކު.


ނަމަވެސް އީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަނެއްކާވެސް އުއްތަމަ އިމާމު އީސާގެފާނަށް ބުންޏެވެ. ”⁠ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ބާރުފުޅުން އަހަރެން ކަލެއަށް އަމުރުކުރަން: ކަލެއަކީ އަލްމަސީޙު، މާތްރަސްކަލާނގެ ދަރިކަލުން ކަމުގައިވާނަމަ އެކަން އަހަރެމެންނަށް ބުނެދީ!⁠“


އަދި ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. ”⁠މަތިވެރި ރަސްކަލާނގެ ދަރިކަލުން، އީސާގެފާނު! އަޅުގެ ކިބައިން ކަލޭގެފާނު އެދިލައްވަނީ ކޮންކަމެއް؟ ކަލާކޮށްޓަކާ ބުނަން، އަޅާއަށް އަނިޔާ ނުކުރައްވާތި!⁠“


އެއަށް ފަހު ޔޫޙަންނާ އީސާގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނުގެ ނަންފުޅުގެ ބޭނުން ކުރައްވައިގެން ޖިންނީގެ އުނދަގުލުން މީހުން ރަނގަޅުކުރަމުން ގެންދާ މީހަކު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން އެމީހާއަށް އެކަންތައް ކުރުން ހުއްޓުމަށް އެންގިން. އެއީ އެމީހާ އަކީ އަޅުގަނޑުމެންގެ ތެރެއިން ހިމެނިގެންވާ މީހެއް ނޫން.⁠“


އަހަރެން މީހުންނާއި އަވަލާފައިވާ ޖިންނިތަކުގެ ކިބައިން އެމީހުން މިންޖު މިކުރަނީ ބަޢަލްޒެބޫލް މެދުވެރިކޮށް ނަމަ ކަލޭމެންގެ މީހުން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު އެކުރަނީ ކާކު މެދުވެރިކޮށްގެން؟ ވީއިރު ކަލޭމެން ތިބުނާ ވާހަކަތަކާއި ބެހޭގޮތުން ކަލޭމެންނާއި ދޭތެރޭ އިންސާފު ކުރާނީ އެމީހުން.


ޔޫޙަންނާ ބުންޏެވެ. ”⁠ސާހިބާ! ކަލޭގެފާނުގެ ނަންފުޅު ބޭނުންކޮށް ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅުކުރާ މީހަކު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން އެމީހާ އެކަން ކުރުން މަނާކޮށް ހުއްޓުވުމަށް މަސައްކަތް ކުރީން. އެއީ އެމީހާއަކީ އަޅުގަނޑުމެންގެ ތެރޭން މީހެއް ނޫން.⁠“


އީސާގެފާނުގެ ނަންފުޅު ބޭނުންކޮށް މި ކަން ކުރަމުން ދިޔައީ ސުކޭވާ އޭ ކިޔުނު ބޮޑު އިމާމުގެ ހަތްދަރިންނެވެ.


އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”⁠އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.⁠“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ