Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:11 - ކިތާބުލް މުޤައްދަސާ

11 އާދަޔާ ޚިލާފު މުޢުޖިޒާތްތައް ދެއްކުމުގެ ބާރު މާތްރަސްކަލާނގެ ޕައުލް އަށް ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:11
10 ပူးပေါင်းရင်းမြစ်များ  

ހަމަތެދެއް، އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ ކޮންމެ މީހަކުމެ އަހަރެން މިކުރި ފަދަ ކަންތައްތައް ކުރާނެ. އަދި އެމީހަކު އެއަށް ވުރެ މަތިވެރި ކަންތައް ވެސް ކުރާނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް ކަމުގައި ވީތީ.


ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ދެއްވާ ނިޢުމަތްފުޅުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.


ދެން މި ކަންތައްތަކާ ކުރެވެމުން ދިޔަ ބަހުސް ހުއްޓި އެންމެން ހަމަހިމޭންވެ ޕައުލް އާއި ބަރުނައްބާސް މެދުވެރިކޮށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި ދެއްކެވި މުޢުޖިޒާތްތަކާ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ވާހަކަތައް އަޑު އެހިއެވެ.


މި ކުއްޖާ ކޮންމެ ދުވަހަކު އަހަރެމެންގެ ފަހަތުން މިހެން ގޮވަމުން ގޮސް ހެދިއެވެ. އެންމެ ފަހުން އެއް ދުވަހު ޕައުލް ކުޅަދާނަނުވެގެން އެ ކުއްޖާއާ ދިމާލަށް އެނބުރިފަ އެ ނުބައިރޫޙަށް ބުންޏެވެ. ”⁠ތިކުއްޖާގެ ގައިން ހަމަ މިހާރު ނުކުތުމަށް އީސާ އަލްމަސީޙުގެ ނަންފުޅުގައި އަހަރެން ކަލެއަށް އަމުރުކުރަން.⁠“ ހަމައެވަގުތު އެ ނުބައި ރޫޙު އެކުއްޖާގެ ހަށިގަނޑުގެ ތެރެއިން ނުކުމެއްޖެއެވެ.


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ މެދުގައި އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތަކެއް ކުރަމުން ދިޔައެވެ. އަދި މާތްސާހިބާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގައިވާ ސުލައިމާނުގެފާނުގެ ފެންޑާ އޭ ކިޔޭ ތަނަށް އެއްތަންވެ ޖަމާވަމުން ގެންދިޔައެވެ.


މި ސައިމަން ވެސް އީސާގެފާނު ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އޭނާ އަބަދުވެސް އުޅުނީ ފިލިޕު އާއި ވަރަށް ގާތްކޮށް އޭނާއާއި އެކުގައެވެ. އެއީ ފިލިޕުގެ ކިބައިން ފެންނަމުން ދިޔަ މުޢުޖިޒާތްތަކުގެ ސަބަބުން އޭނާ ހައިރާން ވީތީއެވެ.


މާތްރަސްކަލާނގެ ކަލޭމެންނަށް މާތްރޫޙުފުޅު ދެއްވާ ކަލޭމެންގެ މެދުގައި މުޢުޖިޒާތްތައް ދައްކަވަނީ ކަލޭމެން މޫސާގެފާނު އެންގެވި ގަވާއިދުތަކަށް ކިޔަމަންވާތީ ހެއްޔެވެ؟ ނުވަތަ އެއީ ކަލޭމެންނަށް އަލްމަސީޙާ ބެހޭގޮތުން ބުނެދެވުނު ޚަބަރުތައް އަހައި އެކަން ގަބޫލުކުރުމުގެ ސަބަބުންހެއްޔެވެ؟


އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ